އއ. ރަސްދޫ ފަޅުތެރޭގައި އޮންނަ މަޑިވަރު ފިނޮޅުއއ. ރަސްދޫ ފަޅުތެރޭގައި އޮންނަ މަޑިވަރު ފިނޮޅުން ވެލި ނަގާތީ އެކަމާ ދެކޮޅަށް ބަޔަކު މުޒާހަރާ ކުރަނީ މަޑިވަރު ފިނޮޅުން ވެލި ނަގައިގެން ހިއްކާފައިވާ ސަރަހައްދެއް

މަޑިވަރު ފަޅުން ވެލި ނެގުމާ ދެކޮޅަށް އަތޮޅު ކައުންސިލް

އއ. ރަސްދޫ ފަޅުތެރޭގައި އޮންނަ މަޑިވަރު ފަޅުން ވެލި ނަގަމުންދާތީ އެ ފަޅުގައިވާ ގުދުރަތީ ދިރުންތަކަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށް ކަމަށް ބުނެ އެ އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަޑިވަރު ފަޅުން ވެލި ނަގަނީ ރާއްޖޭގައި އެންމެ ފުޅާކޮށް ޓޫރިޒަމްގެ ވިޔަފާރި ކުރާ ކުރައުން ކޮމްޕެނީން ހިންގާ ވެލިގަނޑު ރިސޯޓު ގިރުން ހުއްޓުވުމަށާއި ކައިރި އޮންނަ ވެލިފިނޮޅު ތަރައްގީ ކުރާށެވެ.

މި މައްސަލައާ ގުޅިގެން އަތޮޅު ކައުންސިލުން ނެރެފައިވާ ގަރާރެއްގައި ބުނެފައިވަނީ މެޝިނަރީ ބޭނުން ކޮށްގެން މަޑިވަރު ފަޅުން ގިނަ އަދަދަކަށް ވެލި ނެގުމާއި، މަޑިވަރުފަޅުން ބައެއް ހިއްކަމުން ދާތީ އެކަމުގެ ޝަކުވާ ގިނަ ރައްޔިތުންގެ ފަރާތުންނާއި ރަސްދޫ ކައުންސިލާއި ތޮއްޑޫ ދާއިރާ ހިމެނޭ ރަށްތަކުގެ ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން ކުރާ ކަމަށެވެ.

މީގެ ކުރިން ޒަަރޫރީ އެކިއެކި ބޭނުންތަކަށާއި ވިޔަފާރި އުސޫލުން ގިނަ އަދަދަކަށް މަޑިވަރު ފަޅު ތެރެއިން ވެލި ނެގުމުގެ ސަބަބުން އެ ފަޅު ތެރޭގައި ހުރި ފިނޮޅުތައް ގިރައި، ގުދުރަތީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

މަޑިވަރު ފަޅުން ވެލި ނަގަމުންދާ މައްސަލަ ބޮޑުވެ، ވެލި ނެގުމަށް އެހެން ސަރަހައްދެއް ކަނޑައަޅައި ދިނުމަށް އޮކްޓޫބަރު 30، 2019 ގައި ރަސްދޫ ކައުންސިލުން އީޕީއޭއަށް ހުށަހަޅާފައިވެ އެވެ. އެ ހުށަހެޅުމާ ގުޅިގެން ނޮވެމްބަރު 5، 2019 ގައި އީޕީއޭ އިން ވަނީ ވެލި ނަގަން އެހެން ސަރަހައްދެއް ކަނޑައަޅާފަ އެވެ. ނަމަވެސް އެ ސަރަހައްދުގެ މައުލޫމާތު އއ. އަތޮޅު ކައުންސިލްގެ ގަރާރުގައި ހާމަކޮށްފައެއް ނުވެ އެވެ.

މަޑިވަރު ފަޅުން ވެލި ނަގަމުންދާއިރު އެ ފަޅުގެ ބޮޑު ބަޔަކީ މީގެ އަހަރުތަކެއް ކުރިން އީޕީއޭ އިން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.

އެކަމަކު ފަޅުގެ އެއްކޮޅުން ވެލި ނަގަމުންދާތީ ފަޅުތެރޭގައި ހުރި ކުދި ފިނޮޅުތައް ނެތި ދިއުމުގެ ބިރާ ކުރިމަތިވެފައި ވެއެވެ. އަދި އެ ފަޅާ ގުޅިފައި ހުރި ސްނޯކަލް ކުރަން ހާއްސަ ތަންތަނާއި އަދި ފަރާ ކައިރީގައި ހުރި ޑައިވިން ސްޕޮޓްތަކަށް ކިސަޑު އެޅި އެ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބި ގުދުރަތީ ދިރުންތައް ނެތެމުން ދާ ކަމަށް ބުނެ އިހްތިޖާޖު ވެސް ކުރެ އެވެ.

އިހްތިޖާޖު ތަކާ ގުޅިގެން މަޑިވަރު ފަޅުން ވެލި ނެގުން މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓުވާފަ އެވެ. ނަމަވެސް ވެލި ނެގުން ދާއިމީކޮށް ހުއްޓުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައްޔިތުންގެ ފަރާތުން އއ. އަތޮޅު ކައުންސިލްގެ ގަރާރުގައި ސަރުކާރަށް ގޮވާލާފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!