ލ. އިސްދޫ ބަނދަރު: މަސައްކަތް ވަނީ ނިންމާފައިލ. އިސްދޫ ބަނދަރު ސަރަހައްދު

އިސްދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

ލ. އިސްދޫގައި އެމްޓީސީސީން ކުރިއަށް ގެންދިޔަ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

އިސްދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ. އެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިންމާލައިފަ އެވެ.

އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކޮށް އިތުރު ކީވޯލެއް ލައި ރޭމްޕަކާއެކު ރިވެޓްމަންޓްގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ. ކުރިން އިސްދޫ ބަނދަރުގެ ބޮޑުމިނަކީ 400 ފޫޓެވެ. އަދި އެމްޓީސީން ކުރިއަށް ގެންދިޔަ މަޝްރޫއާއެކު ބަނދަރުގެ މިހާރު ވަނީ 850 ފޫޓަށް ބޮޑު ކޮށްފަ އެވެ މި މަޝްރޫއުއަށް 34.7 މިލިއަން ރުފިޔާ ހޭދަ ކުރި އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކޮވިޑްގެ ތެރޭގައި ގިނަ މަސައްކަތު މީހުން ކަރަންޓީނު ކުރަން ޖެހުމުން ދިމާވި ދަތިތަކާއެކު ވެސް އެއް އަހަރުގެ ތެރޭގައި އިސްދޫ ބަނދަރުގެ މަސައްކަތް ނިމިގެން ދިއުމަކީ ކާމިޔާބީއެއް ކަމަށެވެ.

އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް ވިދާޅުވީ ބަނދަރު ބޮޑު ކުރުމާއެކު ކުރިއަށް އޮތް 10 އަހަރު އެރަށުގައި ލަފާ ފުރުމުގައި ދައްޗެއް ކުރިމަތި ނުވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!