ހިޔާފްލެޓް އެއްބަސްވުމުގައި ސޮއިކުރުން ކުރިޔަށްގެންދަނީ / ފޮޓޯ: އެޗްޑީސީ

އެކި ސަބަބުތަކާ ހުރެ ފްލެޓް އެއްބަސްވުމުގައި ސޮއިނުކުރާ 2،646 ފަރާތެއް

އެކިއެކި ސަބަބުތަކާހުރެ ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިނުކުރާ 2،646 ފަރާތް ވާކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފިއެވެ. އެޗްޑީސީން ބުނީ އޮގްސްޓް 18، 2021 ގެ ނިޔަލަށް ހިިޔާ ފްލެޓްގެ ހުރިހާ ޓަވަރެއްގެ ސޮއިކުރުން މަދުވެގެން އެއް ފަހަރު ބާއްވާފައިވާނެ ކަމަށެވެ. ނަމަވެސް އެކި އެކި ސަބަބުތަކާހުރެ ބައެއްފަރާތްތަކުން ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން އައިސްފައިނުވާތީ އެފަރާތްތަކަށް އަލުން ފުރުސަތު ދިނުމަށް ހުޅުވާލާފައިވާކަމަށް ވެސް އެޗްޑީސީން ބުނެއެވެ. މިގޮތުން ފްލެޓް އެއްބަސްވުމުގައި މިހާތަނަށް 4074 ފަރާތެއް ސޮއިކޮށްފައިވާއިރު 6720 ފަރާތުގެ ތެރެއިން 2،646 ފަރާތެއް ސޮއި ނުކުރާ ކަމަށް އެޗްޑީސީން ބުނެއެވެ. އެއީ އެއްބަސްވުމުގައި ސޮއިކުރަން އައުމުގެ ކުރިން ޕޯޓަލްއަށް އަޕްލޯޑްކުރާ މައުލޫމާތު ފޯމުގައި މައްސަލަ ދިމާވެގެންނާއި ޕޯޓަލްގައި ރަޖިސްޓްރީ ކޮށްފައި ނުވާ ފަރާތްތައް ކަމަށް އެޗްޑީސީން ހާމަކުރެއެވެ. މި ފަރާތްތަކަށް އަލުން އެއްބަސްވުމުގައި ސޮއިކުރުމަށް ފުރުސަތު ދިނުމަށް ހުޅުވާލާފައިވަނީ މިއަދުއެވެ. ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ފަށައިފައިވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމަށް ފުރުސަތުދިނުމަށް ހަމަޖެހިފައި ވަނީ އޮންލައިން ޕޯޓަލްގެ ޒަރީއާއިން އެ ކޯޕަރޭޝަން އަށް މައުލޫމާތު ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މައުލޫމާތު ކަށަވަރު ކުރުމަށް ފަހު ސޮއިކުރަން ތާވަލުކޮށް އެ ކޯޕަރޭޝަނުން އިއުލާން ކުރާ ފަރާތްތަކަށެވެ. ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ދާއިރު ހެކިވެރިޔަކު ގެންދިއުމަށާއި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް ގެންދިއުމަށް އެޗްޑީސީއިން ވަނީ އެދިފައެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދަނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސުކޫލުގެ ހޯލްގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!