ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހަތްލައްކަ ހުރަސްކޮށްފި

ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 700،000 އަށްވުރެ މަތިވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 705،024 ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވެއެވެ.

މި އަހަރުގެ ފަސް މަސްތެރޭ ޓޫރިސްޓުން އައިސްފައިވާ ގޮތަށް ބަލާއިރު ޖެނުއަރީ މަހު 92،103 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 173،347 މީހުންނާ އަޅާބަލާނަމަ 46.9 ޕަސެންޓް ދަށް ވުމެކެވެ. އަދި 2019 ވަނަ އަހަރު އައި 151،552 ޓޫރިސްޓުންނާ އަޅާބަލާނަމަ 39.2 ޓޫރިސްޓުންގެ ދަށް ވުމެކެވެ. އަދި ފެބްރުއަރީ މަހު ރާއްޖެއަށް އައިސްފައިވަނީ ފެބްރުއަރީ 96،882 ޓޫރިސްޓުންނެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 149،785 ޓޫރިސްޓުންނާ އަޅާބަލާނަމަ 35.3 ޕަސެންޓުގެ ދަށް ވުމެކެވެ. އަދި 2019 ވަނަ އަހަރު އައި 169،582 ޓޫރިސްޓުންނާ އަޅާ ބަލާނަމަ 42.5 ޕަސެންޓުގެ ދަށް ވުމެކެވެ.

މާޗް މަހު ރާއްޖެއަށް އައިސްފައިވަނީ 109،585 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރު އައި 59،630 މީހުންނާ އަޅާ ބަލާނަމަ 32.7 ޕަސެންޓުގެ ދަށް ވުމެކެވެ. އަދި މި އަހަރުގެ އެޕްރީލް މަހު ރާއްޖެއަށް އައިސްފައި ވަނީ 91،200 ޓޫރިސްޓުންނެވެ. މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކޮފައި އޮތުމުން އެ މުއްދަތުގައި އައީ އެންމެ 13 ޓޫރިސްޓުންނެވެ. ނަމަވެސް 2019 ވަނަ އަހަރު 163،114 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިދިޔަ މެއި މަހު 63،416 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި 2019 ވަނަ އަހަރު 99،483 ޓޫރިސްޓުން އައި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޖޫން މަހު ރާއްޖެ އައިސްފައިވަނީ 56،166 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ބޯޑަރު އޮތީ ބަންދުކޮށްފައެވެ. 2019 ވަނަ އަހަރު އައިސްފައިވަނީ 113،475 ޓޫރިސްޓުންނެވެ. ޖުލައި މަހު އައި ޓޫރިސްޓުންގެ އަދަދު 101،818 ގައި ހުރިިއިރު 2019 ގައި އައިސްފައިވަނީ 132،144 ޓޫރިސްޓުންނެވެ.

އޮގަސްޓް މަހު 92،657 ޓޫރިސްޓުން އައިސްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!