ލ. އަތޮޅުގެ ބައެއް ކައުންސިލްތަކާ އާޒިމް ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

ލ. އަތޮޅުގެ 4 ކައުންސިލަކާ އާޒިމް ބައްދަލުކުރައްވައިފި

ލ. އަތޮޅު 3 ރަށެއްގެ ކައުންސިލާއި އަދި އަތޮޅު ކައުންސިލާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ބައްދަލުކުރައްވައިފިއެވެ. އާޒިމް ކައުންސިލްތަކާ ބައްދަލު ކުރެއްވީ އިއްޔެ ލާމު އަތޮޅަށް ކުރެއްވި ޒިޔާރަތުގައެވެ. އާޒިމް ވަނީ ފޮނަދޫ، ގަން އަދި މާވަށު ކައުންސިލާ ބައްދަލުކުރައްވާފައެވެ. ފޮނަދޫ ކައުންސިލާ ބައްދަލު ކުރައްވާ އާޒިމް ވަނީ ފޮނަދޫގެ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަަސައްކަތް ކުރިއަށްދާ ގޮތް ކައުންސިލާ ހިއްސާކުރައްވާފައެވެ. ގަން އަދި މާވަށު ކައުންސިލާ ބައްދަލުކުރައްވާ އާޒިމް ވަނީ އެ ސަރަހައްދުގެ ދަތުރުފަތުރު ކުރުމުގެ ނިޒާމް ހަރުދަނާކުރުމަށް އެމްޓީސީސީ އިން ކުރަން ނިންމާފައިވާ ކަންތައްތައް ކައުންސިލާ ހިއްސާކުރައްވާފައެވެ. މިދިޔަ 2020 ވަނަ އަހަރުގެ ޑިސެންބަރު މަހު އެމްޓީސީސީ އިން ވަނީ މާވަށު ބަނދަރު ހެދުމުގެ މަޝްރޫއު ނިންމާފައެވެ. އާޒިމްގެ މި ދަތުރުގައި ވަނީ މާވަށުގެ ބަނދަރު ބައްލަވާލެއްވުމަށް ޒިޔާރަތް ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!