ގާފަރު މަތިން ފެންނަ ފޮޓޯއެއް---

ގާފަރު މޮނިޓަރިން ހާލަތަށް ގެނެސްފި

ކޮވިޑާ ގުޅިގެން ކ. ގާފަރު މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ އެރަށަކީ ފަތުރުވެރިން އަންނަ ރަށަކަށް ވުމުން އޮގަސްޓު 16 ވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލް ތަކުގެ ތެރެއިން 2 ސާމްޕަލް ޕޮޒިޓިވް ވުމާ ގުޅިގެން މިއަދުއެވެ. މިއާއެކު މިހާރު މޮނިޓަރިންގައި އޮތް ރަށްތަކުގެ އަދަދު ވަނީ 18 އަށް އަރާފައެވެ. އިއްޔެ ރ.އަލިފުށީ ، މ. މަޑުއްވަރީ އާއި ގއ. ކަނޑުހުޅުދޫ ވަނީ މޮނިޓަރިންނަށް ލާފައެވެ. އިއްޔެ ތިން ރަށެއް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ވާ އިރު މި މަހުގެ 17 ވަނަ ދުވަހު 3 ރަށެއް ވަނީ މޮނިޓަރިންއަށް ލާފައެވެ. އެއީ ގދ. ތިނަދޫއާއި، އދ ދަނގެތި އަދި ގއ. މާމެންދޫއެވެ. މި މަހުގެ 16 ވަނަ ދުވަހު ވަނީ 6 ރަށެއް މޮނިޓަރިން ހާލަތަށް ލާފައެވެ. އެއީ ހދ. މަކުނުދޫ އާއި ބ. އޭދަފުއްޓާއި ބ. ކަމަދޫއާއި އދ. ހަންޏާމީދޫއާއި ހދ. ނެއްލައިދޫގެ އިތުރުން ހއ. އިހަވަންދޫއެވެ. އަދި މި މަހުގެ 3 ވަނަ ދުވަހު އއ. ހިމާންދޫން ވެސް ވަނީ މޮނިތަރިންއަށް ލާފައެވެ. މި ލިސްޓުގައި ދެން އޮތީ 5 ރަށެކެވެ. އެ ރަށްރަށުގެ ތެރެއިން 4 ރަށެއް މޮނިޓަރިންއަށް ލާފައި ވަނީ މިދިޔަ ޖުލައި މަހުއެވެ. އެއީ ކ. ކާށިދޫއާއި، ށ. ފީވަކާއި، ހއ. ތަކަންދޫއާއި، ދ. ކުޑަހުވަދޫއެވެ. މި ވަގުތު މޮނިޓަރިންގައި އޮތް ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވާ ރަށަކީ ރ. ދުވާފަރެވެ. އެރަށް މޮނިޓަރަށް ލާފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!