ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ ވައި ގޮޅި / ފޮޓޯ: އަލީ ޝަމްއާން | ދަ ޕްރެސް

ޓެކްނިކަލް މައްސަލައެއް ދިމާވެ ހިޔާ ޓަވަރު 3 އާއި 4 އަށް ކަރަންޓު ދިނުން ފަސްކޮށްފި

މިއަދު ކަރަންޓު ދިނުމަށް ހަމަޖައްސާފައި އޮތް ހިޔާ ޓަޗަރު 3 އަދި 4 އަށް ކަރަންޓް ދިނުން ފަސްކޮށްފިއެވެ. ސްޓެލްކޯއިން ބުނީ، މިގޮތަށް ނިންމީ ހިޔާ ފްލެޓްތަކުގެ 3 އަދި 4 ވަނަ ޓަވަރުގެ ލިފްޓް ތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެގޮތުން ކަރަންޓު ދިނުމުގެ މަސައްކަތް އެޗްޑީސީގެ މަޝްވަރާގެ މަތިން މިއަދަށް ވަނީ މެދުކަނޑާލާފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެޗްޑީސީން މިހާރު ގެންދަނީ ކޮންޓްރެކްޓަރު މެދުވެރިކޮށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި މިއަދު ކަރަންޓުގެ ހިދުމަތް ދޭން ނިންމާފައި އޮތް 2 ޓަވަަރަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށް ގެންދާނެ ދުވަހެއް އެ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އަންގާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފައި ވަނީ އޮގަސްޓް 17، 2021 ގައެވެ. އެގޮތުން އެންމެ ފުރަތަމަ ކަރަންޓް ދީފައި ވަނީ އެޗް15 އަދި އެޗް16 ވަނަ ޓަވަރަށެވެ. އަދި މި މަހު 18 ވަނަ ދުވަހު ވަނީ ހިޔާ ފްލެޓް ގެ ޓަވަރު 11 އަދި ޓަވަރު 12 އަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދީފައެވެ. މީގެ އިތުރުން ޓަވަރު 7 އަދި 8 އަށް އިއްޔެސްޓެލްކޯއިން ވަނީ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދީފައެވެ. ހިޔާ ފްލެޓްތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9 އިން ހަވީރު 5 އަށް ސްޓެލްކޯ ދަނީ ކުރަމުންނެވެ. ކޮންމެ ދުވަހަކު ވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓް ދޭނެ ދެ ޓަވަރު އެ ކުންފުނީގެ ސޯޝަލް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިއްސާކުރަމުން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!