ތ. ކަނޑޫދޫ. ފޮޓޯ/ކަނޑޫދޫ ފޭސްބުކް ޕޭޖް

ބައިނަލްއަގްވާމީ ކާބޯތަކެތީގެ ދުވަސް މި އަހަރު ކަނޑޫދޫގައި

މި އަހަރުގެ ބައިނަލައަގްވާމީ ކާބޯތަކެތީގެ ދުވަސް ތ. ކަނޑޫދޫގައި ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ. މި ނިންމުން ރައީސް ނިންމަވާފައިވަނީ ތ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަނޑޫދޫއަށް ވަޑައިގެން އެ ރަށު ކައުންސިލާއި ބައްދަލުކުރެެއްވުމަށްފަހުއެވެ. މި ބައްދަލުވުމުގައި މިނިސްޓާ އޮފް ފިޝަރީޒް އެގްރިކަލްޗާ އެންޑް މެރިން ރިސޯސަސް ޑރ. ހުސައިން ރަޝީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޯގަސްޓު 19، 2021: ތ. ކަނޑޫދޫ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރެއްވުން — ފޮޓޯ/ ރައީސް އޮފީސް ކައުންސިލާއެކު ކުރިޔަށްދިޔަ ބައްދަލުވުމުގައި އެ ރަށުގައި މި ދުވަސް ފާހަގަކުރުމަށް ކައުންސިލަށް ހުށަހެޅުއްވީ މިނިސްޓަރު ހުސައިން ރަޝީދެވެ. ބައިނަލްއަގްވާމީ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 16 ވަނަ ދުވަހެވެ. ރައީސް ސޯލިހު ކަނޑޫދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ދަނޑުވެރިންނާ ވެސް އެމަނިކުފާނުވަނީ ބައްދަލުކުރައްވާފައެވެ. އޯގަސްޓު 19، 2021: ތ. ކަނޑޫދޫ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ދަނޑުވެރިންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރެއްވުން — ފޮޓޯ/ ރައީސް އޮފީސް އެގޮތުން ދަނޑުވެރިކަން ކުރުމުގައި ދިމާވާ ދަތިތަކުގެ ވާހަކައާއި ދަނޑުވެރިންގެ ކަންބޮޑުވުންތަކުގެ ވާހަކަ ރައީސްއާ ވަނީ ހިއްސާކޮށްފައެވެ. އަދި އެ ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހު ކަނޑޫދޫއަށް މި ކުރެއްވި ޒިޔާރަތަކީ އެމަނިކުފާނު ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. ކަނޑޫދީއަކީ ދަނޑުވެރިކަމަށް ވަރަށް މަޝްހޫރު ރަށަކަށްވާއިރު އެ ރަށުން އުފައްދާ ކަނޑޫދޫ މިރުހަކީ ރާއްޖޭގައި އެންމެ މަގުބޫލު އެއް ބާވަތުގެ މިރުހެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!