ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާ ދިން އިންޑިއާ މީހާ (ހުސްގަޔާ) ހުރި އިރު ކައިރީގައި ފުލުހުން

ޓެކްސީ ޑްރައިވަރަށް ހަމަލާދިން އިންޑިއާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މަސްތުގެ ހާލުގައި ހުރެ ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދިން އިންޑިއާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ. އޭނާގެ ބަންދަށް އެންމެ ފަހުން ދުވަސް ޖަހާފައިވަނީ މި މަހު 10 ގައެވެ. އެ މުއްދަތު ހަމަވާތީ ބަންދު އިތުރު ކުރަން މިއަދު ކޯޓަށް ގެންދިއުމުން އޭނާ އަށް ވަނީ އިތުރު ފަސް ދުވަސް ބަންދަށް ޖަހާފައެވެ. އިންޑިއާ މީހާ ޓެކްސީ ޑްރައިވަރަށް ހަމަލާ ދިނީ ފައިސާގެ ބޭނުމުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިމަހު 10 ވަނަ ދުވަހުގެ ރޭ ދަންވަރު 12:30 ހާ އިރު ހިނގި އެ ހާދިސާ ހިނގަން މެދުވެރިވީ، އިންޑިއާ މީހާ އެއާޕޯޓުން ފުރަން އުޅެ، އޭނާގެ ފްލައިޓް ކެޓުމުގެ ސަބަބުން އަނބުރާ ހުޅުމާލެ ގެސްޓްހައުސް އަކަސް ދާން ކާރުގައި ގޮސް ހުޅުމާލެއަށް ދެވުނު ތަނާހެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭނާ ޓެކްސީގައި ހުޅުމާލޭގެ ނިރޮޅުމަގު 19 އާ ހިސާބަށް ގޮސް، ލައިގެން އިން ޓީޝާޓު ބާލައި ޓެކްސީ ޑްރައިވަރުގެ ކަރުގައި އޮޅާލި ކަމަށް ޑްރައިވަރުގެ އާއިލާއާ ހަވަލާދީ “މިހާރު” ގައި ރިޕޯޓު ކޮށްފައި ވެއެވެ. އޭރު އޭނާ އިނީ ޑްރައިވަރުގެ ސީޓަ ދިމާ ފަހަތު ގޮނޑީގައެވެ. މިހާދިސާގައި ހަމަލާ ދިން އިންޑިއާ މީހާއާއި، ހަމަލާ އަމާޒުވި ދިވެހި މީހާއަކީވެސް ޒުވާން އުމުރުގެ މީހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!