ފިހާރައަކަށް ފޭކް ސްލިޕް ފޮނުވައިގެން ނަގާފައިވާ ޑައިވް ކޮމްޕްރެޝަރު / ފޮޓޯ: ޕޮލިސް

ފިހާރައަކަށް ފޭކް ސްލިޕް ފޮނުވައިގެން ނަގާފައިވާ ޑައިވް ކޮމްޕްރެޝަރެއް ހޯދައިފި

މާލޭގެ ފިހާރައަކަށް ސައްހަނޫން ސްލިޕް ފޮނުވައިގެން ނަގާފައިވާ ޑައިވް ކޮމްޕްރެޝަރެއް ހޯދައިފިއެވެ. މާލޭގެ ފިހާރައަކަށް ސައްހަނޫން ސްލިޕެއް ފޮނުވައިގެން މަކަރާއި ހީލަތުން ކޮށްފައިވާ ވިޔަފާރިއެއްގައި ހިމެނޭ ޑައިވް ކޮމްޕްރެޝަރެއް ފުލުހުން ވަނީ ހޯދާ ވެރިފަރާތާ މިހާރު ހަވާލުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅީ އިއްޔެ ކަމަށެވެ. އެ މައްސަލަ ހުށަހެޅުމާއެކު އެތަކެތި ހޯދުމަށް ފުލުހުންނާއި އެ ފިހާރައިގެ މުވައްޒަފުން ގުޅިގެންވަނީ ހާއްސަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކުރި މަސައްކަތުން އެ ތަކެތި ފެނިފައި ވަނީ މާލޭ ފަޅުގައި އޮތް ބޯޓަކަށް އަރުވާފައި ހުއްޓައެވެ. ސައްހަ ނޫން ސްލިޕް ފޮނުވައިގެން މި އޮގަސްޓު މަހުގެ 16 އަދި 17 ވަނަ ދުވަހު އެ ފިހާރައިން ކޮށްފައިވާ ވިޔަފާރީގެ އަގު 171،292 ރުފިޔާއަށް އަރައެވެ. އެ ތަކެތި ހޯދުމުގައި ފިހާރައިގެ މުވައްޒަފުންގެ ފަރާތުން ފުލުހުންނަށް ލިބިފައިވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު ދަންނަވަމެވެ. މި މައްސަލަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުންދަނީ ތަހުގީގު ކުރަމުންނެވެ. މި މަހުގެ ތެރޭގައި ފޭކް ސްލިޕް ފޮނުވައިގެން މިލިއަނެއްހާ ރުފިޔާގެ ތަކެތި ވަގަށް ނެގި މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!