ފުލުހުން އެއްގަމު އުނޅަދުތައް ދުއްވާފައިދާ މީހުން ޗެކް ކުރަނީ: ބަންދުތެރޭ އިތުރަށް ސަމާލުވާނެ --- ފޮޓޯ: އަވަސް

ބަންދުގައި ކުށްމަދު ކުރަން ފުލުހުން ނުކުންނާނެ

ބަންދު ތެރޭ މާލެ އާއި ރަށްރަށުގައި ކުށްކުރުން އިތުރު ވެދާނެ ކަމަށް ބަލައި ކުށްމަދު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ފުހުންގެ އިދާރާއިން ބުނެފި އެވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރަހުމާ ސައީދު ވިދާޅުވީ އާންމު ގޮތެއްގައި ހިންގާ ކުށުގެ ބާވަތްތަކާއި ކުށްތައް ހިނގާ ސަރަހައްދުތަކާ އަދި ވަގުތުތަކަށް ހާއްސަ ސަމާލުކަމެއް ދީ، ކުށް މަދު ކުރަން ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަމުންދާނެ ކަމަށާއި ގޯތިގެދޮރާއި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކުގެ އިތުރުން އޮފީސް ތަކުން ވެސް ވައްކަން ކުރަމުންދާތީ ދަންވަރުގެ ވަގުތުތަކުގައި ވެސް ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވީ ކުށް މަދުކުރަން ރަށްރަށުގައި ވެސް ފުލުހުން ހަރަކާތްތެރި ވާނެ ކަމަށެވެ. އަދި ރައްޔިތުން ހޭލުންތެރި ކުރުވަށް މައުލޫމާތު ދިނުމުގެ މަސައްކަތްވެސް ކުރާނެ ކަމަށެވެ.

ބަންދުތެރޭގައި ދަތުރުފަތުރު ކުރުން އިތުރުވާނެތީ ކަނޑުމަތީގައި މެރިން ޕޮލިސް ހަރާކާތްތެރިވާ މިންވަރު އިތުރުވާނެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!