ލަންކާގެ މަސްވެރިން އަތުން އަތުލައިގެން މުދާ --- ފޮޓޯ: ސަންޑޭ ޓައިމްސް

ގައުމަށް އެތެރެވި އިރު ރާއްޖޭގެ މުދާ ހުރުމުން ލަންކާގެ މަސްވެރިންތަކެއް ހައްޔަރުކޮށްފި

ލަންކާގެ މަސްވެރިންތަކެއް ގައުމަށް އަލުން އެތެރެވިއިރު އެމީހުންގެ އަރތުގައި ދިވެހިރާއްޖޭގެ މުދާތަކެއް ހުރުމުން އެ މީހުންނާއި މުދާތައް ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ލަންކާގެ “ދަ ސަންޑޭޓައިމްސް” ނޫހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ލަންކާގެ ހުޅަނގު ދެކުނު އައްސޭރީގައި އޮންނަ ބޭރުވަލަ ޓައުންގެ މަސްވެރި ބަނދަރެއްގައި ތިބި ކޯސްޓްގާޑުން ކަމަށެވެ. އެ މީހުން ހައްޔަރުކުރީ އެ ގައުމުގެ ކަސްޓަމްސްގެ ގަވާއިދުތަކާ ހިލާފަށް ރާއްޖެއިން އެ ގައުމަށް މުދާ އެތެރެ ކުރިކަމުގެ ތުހުމަތުގައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލަންކާގެ ބޭރުވަލައަށް ނިސްބަތްވާ ހަ މަސްވެރިންނެވެ. އެމީހުން އެތެރެ ކުރި މުދަލުގެ ތެރޭގައި، ކަރަންޓު އެކި އާލާތްތަކާއި، އަންނައުނާ، ރީތިވާ ސާމާނުގެ އިތުރުން ދަޅުމަހާއި ކާނާގެ ބާވަތްތައް ހިމެނެއެވެ. މި މައްސަލައިގެ ތުހުމަތުގައި ލަންކާއިން ހައްޔަރުކޮށްފައިވަނީ މިދިޔަ މޭ މަހުގެ ތެރޭ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުމުގެ ތެރޭ ރާއްޖޭގެ ކޯސްޓްގާޑުންވެސް އަތުލައިގަނެ ބެލުމުގެ ދަށަށް ގެންދިޔަ ބައެއްކަމަށް އެ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ. މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު ރާއްޖޭގެ ކޯސްޓްގާޑުންވަނީ ލަންކާގެ ތިން މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެތިން ބޯޓުގައިވެސް ތިބީ ހަ މީހުންކަމަށް އެއިރު ބުނެފައިވެއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!