މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމްއާ އެކު -- ފައިލް ފޮޓޯ/ ރައީސް އޮފީސް

ރައީސް ޔާމީނާއެކު ރާއްޖެއަށް ބަރުލަމާނީ ގެންނަން މަސައްކަތް ކުރާނަން: ރައީސް ނަޝީދު

ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ “އާސްކް ސްޕީކަރ” ޕްރޮގްރާމް ގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ 2022 ވަނަ އަހަރު ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު ޕީޕީއެމް އާ އެކުގައި ކުރިއަށް ދެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. “އަޅުގަނޑު ނުދެކެން ރިޔާސީ އިންތިހާބެއް ރާއްޖޭގައި އޮންނާނެ ކަމަކަށް. އަޅުގަނޑު ދެކެނީ ރައީސް ޔާމީން އަޅުގަނޑާ އެކުގައި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމުގަ މަސައްކަތް ކުރައްވާނެ ކަމަށް. އަދި އެ ފެންނަ ނުފެންނަ ވޯޓެއް ނަގާއިރުގަ އަޅުގަނޑު ދެކެނީ ޕީޕީއެމް އާއި އެމްޑީޕީއިން އެކުގައި ތިބެގެން މި ފެންނަ ނުފެންނަ ވޯޓަށް އަޅުގަނޑުމެންނަށް ދެވޭނެ ކަމަށް،” ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، އެއްވެސް އިރެއްގައި ރައީސް ޔަމީނަށް ދެރައެއް ނެދޭނެ ކަމަށާއި އުންމީދަކީ ރާއްޖޭގައި ބޭއްވޭ ކޮންމެ އިންތިހާބެއް ގައި ވެސް ހުރިހާ ސިޔާސީ ވެރިންނަށް ބައިވެރި ވެވޭ ގޮތަކަށް ކުރިއަށް ދިއުން ކަމަށެވެ. ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ޔާމީން ވެސް ވަނީ އެމަނިކުފާނަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމުގައި ވިދާޅުވެފައެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!