ފޮނަދޫގައި ސަރަހައްދީ ފެން ތަހުލީލުކުރާ ލެބޯޓްރީއެއް ގާއިމުކުރަނީ

ލ. ފޮނަދޫގައި ސަރަހައްދީ ފެން ތަހުލީލުކުރާ ލެބޯޓްރީއެއް ގާއިމުކުރުމަށްޓަކައި ޑިޒައިން ކޮންސަލްޓަންސީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މިއީ ރާއްޖޭގެ ރަށްރަށުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ކުރާ މަސައްކަތެކެވެ. އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްއާ އެވެ. އެކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު މުޖުތަބާ އެވެ. އަދި އެޕޮކް އެސޯސިއޭޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާވިއަތު އަބްދުއްސައްތާރު އެވެ. އެ އެއްބަސްވުމުގެ ދަށުން ފޮނަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދީ ފެން ތަހުލީލުކުރާ ލެބޯރެޓްރީގެ މަސައްކަތުގެ ސާވޭ ކުރުމާއި ޑިޒައިނާއި ޓެންޑާ ޑޮކިއުމަންޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރާނެ އެވެ. އެ މަސައްކަތް ކުރުމަށް އެޕޮކް އެސޯސިއޭޓްސްއާ ހަވާލުކުރި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 270،300 ރުފިޔާ އެވެ. އެއްބަސްވުމުގައިވާ ގޮތުން އެ މަސައްކަތް ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!