ގޮށްރާޅު ވަނީ ސިނާމާތަކުން ގިނަ ބައެއްގެ ތަރުހީބު ހޯދާފަ

މީޑިއާނެޓް މަލްޓި ސްކްރީނަށް “ގޮށްރާޅު”

މީޑީއާނެޓް މަލްޓި ސްކްރީންގައި ދިވެހި ފިލްމް “ގޮށްރާޅު” ދައްކަން ތައްޔާރުވެއްޖެ އެވެ.

މި ފިލްމު މަލްޓި ސްކްރީންގައި ރިލީޒްކުރާނީ އަންނަ ބުދަ ދުވަހު އެވެ.

ގޮށްރާޅު އަކީ ސަސްޕެންސް ތްރިލާ އެކެވެ. މި ފިލްމްގައި މައިގަނޑު ރޯލަކުން ފެނިގެންދާނީ ޒުވާން ފިރިހެނެކެވެ. އަދި މި ޒުވާނާއަށް މީހަކު ކުރާ ފުރައްސާރަތަކާއި އަނިޔާ ތަކުން ސަލާމަތްވުމަށް އޭނާ ކުރާ މަސައްކަތްތަކެއް ފެނިގެންދާނެ އެވެ.

މި ފިލްމްގައި މަޝްހޫރު ތަރިން ކަމަށްވާ ހަސަން އިރުފާން، ނާޝިތު މުހައްމަދު، ޖުމައްޔިލް ނިމާލް، އައިމިނަތު ރަޝްފާ އަދި އައިޝަތު ތަސްނީމާ ފެނިގެންދާނެ އެވެ.

ޖުލައި 7 ވާ ބުދަ ދުވަހުން ފަށައިގެން މީޑިއާނެޓް މަލްޓި ސްކްރީން އެޕްލިކޭޝަން ބޭނުންކޮށްގެން މި ފިލްމު ބަލާލެވޭނެ އެވެ.

މަލްޓިސްކްރީން ބޭނުންކޮށްގެން ގޮށްރާޅު އަދި މިނޫންވެސް ގިނަ ފިލްމް، ޝޯތައް އަދި ޓީވީ ޗެނަލްތައްވެސް ބަލާލެވޭނެ އެވެ.

މި އެޕްލިކޭޝަން ބޭނުންކޮށްގެން މިހާރު އަލްޓްރާ ހައި ޑެފިނިޝަން އެންޑްްރޮއިޑް ޓީވީ ބޭނުން ކުރާ ފަރާތްތަކަށް ޑީކޯޑަރާއި ނުލާ ޓީވީ މެދުވެރިކޮށް ޗެނަލްތަކާއި ވީޑިއޯތައް ބެލޭގޮތްވެސް މީޑިއާނެޓުން ވަނީ ތައާރަފްކޮށްފަ އެވެ.

އެޕަލްގެ އެޕްސްޓޯ އަދި އެންޑްރޮއިޑް ޕްލޭސްޓޯ މެދުވެރިކޮށް މީޑިއާނެޓުގެ މަލްޓިސްކްރީން އެޕްލިކޭޝަން ޑައުންލޯޑް ކޮށްގެން ‘ގޮށްރާޅު’ ބަލައިލެވޭނެ އެވެ. އަދި އަށް ޒިޔާރަތް ކޮށްގެން މި އެޕްލިކޭޝަން ޑައުންލޯޑު ކޮށްލެވޭނެ އެވެ.

މީޑިއާނެޓްގެ މަލްޓި ސްކްރީން ޓީވީ ބޭނުންކުރުމަށް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެެ. އަދި މި ހިދުމަތަށް ސަބްސްކްރައިބް ކުރުމަށް ޕޯޓަލް މެދުވެރިކޮށް ނުވަތަ މީޑިޔާނެޓުގެ ފްރަންޓް އޮފިސް އަދި އޮފިޝަލް ބިޒްނަސް ޕާޓްނާއެއް މެދުވެރިކޮށްވެސް ސަބްސްކްރައިބް ކުރެވޭނެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!