ދެ ރެވެނިއު ސްޓޭމްޕެއް. ރެވެނިއު ސްޓޭމްޕް ޖެހުން އުވާލަން މަޖިލީހުން ވަނީ ރުހުން ދީފައި---

ރެވެނިއު ސްޓޭމްޕްގެ ގާނޫނު އުޥާލަން މަޖިލީހުން ރުހުން ދީފި

އެކިއެކި ލިޔުންތަކުގައި މިހާރު ޖަހަމުންދާ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލަން މަޖިލީހުން ރުހުން ދީފި އެވެ.

ނަވާރަ ސަތޭކަ ހަތްދިހަ ވަނަ އަހަރުން ފެށިގެން އަމަލުކުރަންދާ އެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމް އެވެ. އެ ގާނޫނު އުވާލަން މުޅި މަޖިލީހުގެ ކޮމިޓީން މީގެ ކުރިން އޮތީ ފާސްވެސްކޮށްފަ އެވެ.

އެ ގާނޫނު އުވާލުމާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ފެންނަަ ކަމަށް 44 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބިލް ހުށަހެޅުއްވި އާޒިމް ވިދާޅުވީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށް މިހާރު ހިނގާ ހަރަދާ ބަލާއިރު އެކަމުގެ ތެރެއިން އެކަށީގެންވާ އާމްދަނީއެއް ލިބެމުން ނުދާ ކަމަށެވެ.

“މިކަން މިހެން އޮތް އިރު ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލިޔަސް ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުން ނަގާ ފީންވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ،” ގާނޫނު އުވާލަން ބޭނުންވާ ސަބަބު ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ވިޔަފާރިކުރާ ފަރާތްތަކުން ހިދުމަތް ހޯދާއިރު ދައްކަން ޖެހޭ ފީއާއި އެހެނިހެން ފައިސާ ދެއްކުމަށްފަަހު އަދި ރެވެނިއު ސްޓޭމްޕް ޖަހަން ޖެހުމުން ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ގާނޫނު އުވާލުމާއެކު ހިދުމަތް ހޯދާ ފަރާތްތަކަށާއި ވިޔަފާރި ކުރާ ފަރާތްތަކަށް ލުއިތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!