މުހައްމަދު އަޝްމަލީ: ލަންކާގައި ކުޑަކުއްޖަކު ލައްވައި ހަށިވިއްކުވަން އުޅެނިކޮށް ވަނީ ހައްޔަރުކޮށްފައި

ކުއްޖާ ލައްވައި ހަށިވިއްކުވަން އުޅެނިކޮށް ހައްޔަރުކުރީ އަޝްމަލީ

ސްރީލަންކާގައި 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވަން އުޅެނިކޮށް ހައްޔަރުކުރީ ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އޮފިޝަލަކު އަވަސް އަށް ކަށަވަރު ކޮށްދީފި އެވެ.

ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި 15 އަހަރުގެ ކުއްޖަކު ލައްވާ ހަށިވިއްކުވައިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ.

މީގެތެރެއިން ތިން މީހުންނަކީ ލަންކާގެ ރައްޔިތުންނެވެ. ހަތަރު ވަނަ މީހާ އަކީ ދިވެއްސެކެވެ. އެމީހާ އަކީ އަޝްމަލީ ކަމަށާއި އޭނާ މިވަގުތު ހުރީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އޮފިޝަލަކު މައުލޫމާތު ދިނެވެ.

ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުން އެ މީހުނާއެކު މިމައްސަލައާއި ގުޅުންހުރި 32 މީހަކު ވެސް ރޭޕްގެ ތުހުމަތަށް ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި އިތުރު 12 މީހަކު ފާހަގަވެފައިވާ ކަމަށް ލަންކާ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ލަންކާ ފުލުހުން ބުނެފައި ވަނީ އަޝްމަލީއާއެކު ހައްޔަރުކުރި ލަންކާގެ ތިން މީހުންނަކީ ކުޑަކުއްޖާ ލައްވައި ހަށިވިއްކުވި ހޮޓަލުގެ ވެރިން ކަމަށެވެ. މި މައްސަލައިގައި ލަންކާގެ ވެބްސައިޓެއްގައި މިކަން އިޝްތިހާރު ކުރަން އުޅުނު ދެ މީހަކު ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކުއްޖާ ލައްވާ ހަށިވިއްކުވާތާ މިހާރު ތިން މަސް ވަނީ ވެފަ އެވެ. އެ ކުއްޖާއަށް ޖިންސީ ގޮތުން އެތައް އަނިޔާއެއް ލިބިފައިވާ ކަމަށާއި އެކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. ކުޑަކުއްޖާއަކީ ދިވެހި ކުއްޖެއް ކަމެއް، ލަންކާގެ ކުއްޖެއް ކަމެއް ސާފެއް ނުވެއެވެ.

ސްރީލަންކާގާއި ދިވެހިންގެ 16،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!