ފޮރިން މިނިސްޓަރު ޝާހިދު (ކ) އިންޑިއާ ހައިކޮމިޝަނަރު ސުދީރާ ބައްދަލު ކުރައްވަނީ / ފޮޓޯ: ސުދީރު

އިންޑިއާ އޮތީ ރާއްޖެއަށް އެހީވުމުގައި އެންމެ ކުރީ ސަފުގައި: އިންޑިއާ ހައި ކޮމިޝަން

އިންޑިއާ އޮތީ ރާއްޖެއަށް އެހީވުމުގައި އެންމެ ކުރީސަފުގައި ކަމަށް ރާއްޖެގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފިއެވެ. ހައިކޮމިޝަނުން މިހެން ބުނީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫމު ކުރެއްވި ޓުވީޓަކަށް ދިން ރައްދެއްގައެވެ. ދުންޔާ ވަނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން އާރާސްތުކުރަން އިންޑިއާއިން އެހީވާނެތޯ ސުވާލު އައްސަވާފައެވެ. މިކަމާ ގުޅިގެން ކުރި ޓުވީޓެއްގައި އިންޑިއާ ހައިކޮމިޝަނުން ބުނީ އިންޑިއާ އޮތީ ކޮވިޑްގެ ހާލަތުގައި އަދި އަބަދުވެސް ރާއްޖެއާ އެކު ކަމަށާއި ކޮވިޑްގެ ހާލަތުގައިވެސް އިންޑިއާގެ ބޯޑަރު ހުޅުވައިފައި އޮތީ ރާއްޖޭއިން ދާ ބަލިމީހުންނަށް ކަމަށެވެ. އަދި މިދިޔަ އަހަރުވެސް ރާއްޖޭއަށް 25 އިންސައްތަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިން ކަމަށްވެސް ހައިކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. ދަތުރުތައް ފެއްޓުނުހާ އަވަހަކަށް ރާއްޖޭގެ ޓޫރިޒަމް ކުރިން އޮތް ހާލަތަށް އިއާދަ ކުރަން އިންޑިއާ އޮތީ އެހީވާން ތައްޔާރަށް ކަމަށްވެސް އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ. ދުންޔާ ކުރެއްވި ޓްވީޓުގައި ވަނީ ކޮވިޑް ގެ ކޭސްތައް ރާއްޖޭގައި މަދުގެފައިވާތީ އާ އެކު އިނގިރޭސިވިލާތުގެ ކޮވިޑް ރެޑް ލިސްޓުން ރާއްޖޭގެ ނަން ނަގައިދިނުމަށް އެދިފައެވެ. އެކަމާ ގުޅިގެން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ ވިދާޅުވީ ގޮތް ނިންމަނީ ހަމައެކަނި ކޭސް ތަކުގެ އަދަދަށް ނޫން ކަމަށާއި ގޮތް ނިންމުމުގައި ކޮވިޑްގެ ވޭރިއެންޓްތަކަށް ވެސް ބަލާކަަށެވެ. ރޮސްލާ އިތުރަށް ވިދާޅުވީ އެ ލިސްޓުން ވަރަށް އަވަހަށް ރާއްޖޭގެ ނަން ނަގާނޭ ކަމަށާއި އިނގިރޭސިވިލާތުގެ ވަރަށް ގިނަ ފަތުރުވެރިން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަން ބޭނުން ވާކަން ޔަގީން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!