އޭޕެކްސްއަށް ދިން ސައިބާ ހަމަލާގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުން ރީސްޕޯންއަށް އައި

“އޭޕެކްސް ލެޖެންޑްސް” ގެ ސާވާތައް ހެކް ކޮއްފި

މަޝްހޫރު ބެޓަލް ރޯޔާލް ގޭމް ކަމަށްވާ “އޭޕެކްސް ލެޖެންޑްސް” ބަޔަކު ހެކް ކޮށްފި އެވެ.

“ސޭވް ޓައިޓަން ފޯލް” ގެ ނަމުގައި ކުރި މި ހެކް މިހާރު ވަނީ ރަނގަޅުކޮށް އަލުން ގޭމް ބޭނުން ކުރެވޭ ގޮތް ހަދައިދީފަ އެވެ.

އޭޕެކްސް އުފެއްދި ރީސްޕޯންއަށް މި މައަސަލަ ހައްލު ކުރެވުނީ މިއަދު ހެނދުނު އެވެ. އޭޕެކްސްއިން މިކަމަށް ހައްލެއް ހޯދައި ސާވާތައް އަޕްޑޭޓް ކުރަން ފަށައިފައިވަނީ ރޭ ފަތިހު އެވެ.

“ސޭވް ޓައިޓަން ފޯލް” ގެ ނަމުގައި ކުރި މި ހެކަކީ ރީސްޕޯންގެ ގޭމެއް ކަމަށްވާ “ޓައިޓަން ފޯލް” ކުޅޭ ބަޔަކު ކުރި ހެކެކެވެ. މި މީހުންގެ މަގްސަދަކަށް ވެފައި ވަނީ ޓައިޓަން ފޯލް ކުޅުމުގައި މަކަރު ހަދާ ނުވަތަ ހެކް ކުރާ މީހުންގެ މައްސަލައަށް ހައްލެއް ހޯދަން ރީސްޕޯން ގެ ސަމާލުކަމަށް އެކަން ގެންދިއުމެވެ. އެ މީހުން ކުރި ހެކްގެ ސަބަބުން ގޭމްގެ “މެޗް މޭކިން” ނުވަތަ މެޗް ހަދާ ސިސްޓަމް ހުއްޓުވާލި އެވެ.

ގުނިޔޭގައި އެންމެ މަޝްހޫރު ބެޓަލް ރޯޔާލް ތަކުގެ ތެރެއިން އެއްގޭމް ކަމަށްވާ އޭޕެކްސް އަކީ އެ ގޭމް ނެރުނީންސުރެ ގިނަ ބަޔަކު ކުޅެމުން އަންނަ ގޭމެކެވެ. އަދި އިއްޔެ ކުރި ހެކްގެ ސަބަބުން ގިނަ ބަޔަކު ވަނީ “ޓައިޓަން ފޯލް” ގެ ސާވާތައް ހުއްޓުވުމަށް ވެސް ގޮވާފަަ އެވެ.

ރީސްޕޯންއިން މިހާރު ދަނީ މިކަން ކުރި މީހުން ހޯދާ ފިޔަވަޅު އެޅުމަށް ތައްޔާރު ވަމުންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!