ތަހުގީގުގެ ހާއްސަ މަންދޫބު މަޖިލީހުގެ ނައިބު ރައީސްއާ ބައްދަލު ކުރައްވައިފި

ތަހުގީގުގެ ހާއްސަ މަންދޫބު މަޖިލީހުގެ ނައިބު ރައީސްއާ ބައްދަލު ކުރައްވައިފި

މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ތަހްގީގުކުރުމުގެ މަރުހަލާ ހިނގާ ގޮތް ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އައްޔަން ކުރެއްވި އައްބާސް ފާއިޒް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާ ބައްދަލު ކުރައްވައިފިއެވެ. އައްބާސް ފާއިޒް މިދިޔަ ހުކުރު ދުވަހު ހެނދުނު ވަނީ ރާއްޖެ ވަޑައިގަނެފައެވެ. ފާއިޒަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވެފައި ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ރައީސް އޮފީހުން ބުނެއެވެ. އައްބާސް ފާއިޒަކީ ގިނަ ދުވަސްތަކެއް ވާންދެން އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާއީ، ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ބޭފުޅެކެވެ. އަދި، މި މައްސަލައިގައި އިންސާފު ގާއިމު ކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރު ކުރައްވަން ޖެހޭ އެންމެހާ ރިޕޯޓެއް ވެސް އޭނާ ތައްޔާރު ކުރައްވާނެ ކަމަށް މީގެ ކުރިން ރައީސް އޮފީހުން ވަނީ ބުނެފައެވެ. މިދިޔަ ޖޫން މަހުގެ ތެރޭގައި 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއަރީގައި ވަނީ އައްބާސް ފާއިޒް އާ ބައްދަލު ކޮށްފައެވެ. ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން އައްބާސް ފާއިޒް އައްޔަންކުރައްވާފައިވަނީ މޭ މަހުގެ 19 ވަނަ ދުވަހުގައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!