އައްޑޫ ސިޓީ ފޭދޫ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފޭދޫގައި ކުޑަކުއްޖަކު ޒަހަމްކޮށްލި މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފި

އައްޑޫ ސިޓީ ފޭދޫގައި މިދިޔަ އަންގާރަ ދުވަހު ހިނގި ހަމަނުޖެހުމެއްގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މައްސަލަ އާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް “ސަން” އަށް ވިދާޅުވީ އެ މައްސަލަ އާ ގުޅިގެން ހައްޔަރުކުރީ އުމުރުން 19 އަހަރާ 22 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އެ ދެމީހުން ހައްޔަރުކުރީ މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ 11:10 ހާއިރު ކަމަށެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ. މި ހާދިސާ ހިނގާފައި މިވަނީ މާލޭގައި މި ފަހުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް, އޭނާއަށް އަނިޔާކޮށް މަރާލާފައި އޮއްވާ ހުޅުމާލެ ދެވަނަ ފިޔަވަހިން ފެނުނު މައްސަލައެއްވެސް ފެންމަތިވެފައި ވަނިކޮށެވެ. މި ހާދިސާއާ ގުޅިގެން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!