ތުޅާދޫ ގުލްޝަނީ ހިޔާގައި އަލިފާން ރޯވެ އަނދާފައިއަލިފާން ރޯވި ގޭގައި ހުރި ފްރިޖުގައި އަލިފާން ރޯވެ އަނދާފައި

ދިރިނޫޅެވޭ ވަރަށް ތުޅާދޫ ގެއެއް އަނދައިފި

ބ. ތުޅާދޫ ގެއެއްގައި އަލިފާން ރޯވެ ދިރިނޫޅެވޭ ވަރަށް އެ ގެ އަނދައިފި އެވެ.

މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި އަނދައިގެން ގޮސްފައި ވަނީ އެ ރަށު ގުލްޝަނީހިޔާ އެވެ.

ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލި މަނިކު ވިދާޅުވީ އަލިފާން ރޯވި ވަގުތު އެ ގޭގައި އެއްވެސް މީހަކު ނޫޅޭ ކަމަށާއި އެހެންވެ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރުފަދަ ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާ ކަމަށެވެ.

އެގޭގައި ދިރިއުޅެނީ ދެމަފިރިޔަކާއި ކުޑަ ދެކުދިންނެވެ. އަލިފާނަށް ފަފަހު އެމީހުން ވަނީ އާއިލާ މީހެއްގެ ގެއަށް ބަދަލުވެފަ އެވެ. އެ އެގޭގެ އަސްލު ވެރިން ދިރިއުޅެނީ މާލޭގަ އެވެ.

“މިހާތަނަށް ބެލިބެލުމުން އެނގެނީ ކަރަންޓު ސޯޓެއް ޖެހިގެން ކަމަށް ބެލެވެނީ އަލިފާން ރޯވީ. އެމީހުން ގެންގުޅޭ ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ވަނީ އަނދާފައި، އަލިފާން ރޯވި ވަގުތު އެއްވެސް އެއްޗެއް ކައްކަން އުނދާފައެއް ވެސް ނެތް ބަދިގެއަކު. ފުލުހުން މިހާރު އެކަން ހިނގައި ދިޔަ ގޮތް ބަލަމުން ދަނީ،” މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލިފާން ނިއްވާލީ އެ ރަށުގެ ރައްޔިތުން ނުކުމެ ކަމަށާއި އަލިފާން ރޯވި ގޭގައި ފުލުހުންނާއި ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވާ ކަމަށެވެ. އިތުރަށް ވިދާޅުވީ އަލިފާނުގެ މި ހާދިސާގައި ގެއްލުންވި އާއިލާ އަށް އެހީތެރިވުމުގެ ގޮތުން ކައުންސިލަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލައި، ކައުންސިލަށް ދެވެން އޮތް އެހީތެރިކަމެއް ދޭނެ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!