ކޯވިޑް-19 ވެކްސިން ޖެހުމަށް އާންމުން ކިޔޫގައި -- ދުވަސް ފޮޓޯ: އަބްދުﷲ އަބީދު

އެޕޮއިންޓްމެންޓް ނުދޭ މީހުން ދިޔަޔަސް ކޮވިޝީލްޑް ދެވަނަ ޑޯޒެއް ނުޖެހޭނެ!

ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހަން ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި އެޕޮއިންޓްމެންޓް އުސޫލުން ކަން ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހަނދާން ކޮށްދީފި އެވެ. އެޗްޕީއޭއިން ރޭ ވަނީ މިއަދުން ފެށިގެން ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހަން ފާށާނެ ކަން އިއުލާނުކޮށްފައި އެވެ. އެކަމަކު ވެކްސިން ދެމުންދާނީ އެޕޮއިންޓްމެންޓު އުސޫލުން ކަމަށް ބުނެފައިވެ އެވެ. އެގޮތުން ވެކްސިން ޖެހި ތާރީހަށް ބަލައި ދެވަނަ ޑޯޒު ނުޖަހާ ތިބި މީހުންނަށް އިސްކަން ދީގެން އެޗްޕީއޭއިން ގުޅައި ދެ ވަނަ ޑޯޒު ޖަހަން ދާންވީ ގަޑިއާއި ތަން އަންގަމުން ދާނެ ކަމަށް ބުނެފައިވެ އެވެ. އަދި ވެކްސިން ޖަހަން ދާން އަންގާ ގަޑިއަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވެ އެވެ. މިއަދު އެޗްއީއޯސީން ބުނީ އެޕޮއިންޓްމެންޓު ނުދޭ މީހުން ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހުމަށް ކަމަށް ބުނެ ވެކްސިން ސެންޓަރުތަކަށް އެބަ ދާ ކަމަށެވެ. އެކަމަކު މިވަގުތު ވެކްސިން ޑޯޒު ހުރި އަދަދަށް ބަލައި އާންމުކޮށް ހުޅުވާލައިގެން ވެކްސިން ދެމުން ނުދާނީ އެޕޮއިންޓްމެންޓް ނެތި ދިޔަޔަސް ވެކްސިން ޖަހައި ނުދެވޭނެ ކަމަށް ބުނެ އެވެ. އާންމުކޮށް ހުޅުވާލައިގެން މިވަގުތު ރާއްޖޭގައި ޖަހައި ދެމުން ދަނީ ސިނޯފާމް ވެކްސިން އެކަންޏެވެ. ފައިޒާ ވެކްސިންވެސް ދެމުން ދަނީ އެޕޮއިންޓްމެންޓު އުސޫލުންނެވެ. މިއަދު ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހައިދޭން ފެށީ އަމިއްލަ މީހަކު ހަދިޔާ ކޮށްފައިވާ ވެކްސިނުންނެވެ. އެކަމަކު އެއީ ކިތައް ޑޯޒު ކަމެއް އަދި އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ.

ޚަބަރު ނަގާފައިވަނީ dhuvas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!