ފުލުހުންގެ މައި މަރުކަޒު، ހުސައިން އާދަމް ބިލްޑިން: އައްޑޫގައި 12 އަހަރުގެ ކުއްޖާ ޒަހަމްކޮށްލި މައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރު ކޮށްފައި

ފޭދޫ ކުއްޖާ ޒަހަމްކޮށްލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ސ. ފޭދޫގައި 12 އަހަރުގެ ފިރިހެން ކުއްޖަކު ޒަހަމްކޮށްލި މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފޭދޫން ކުޑަކުއްޖަކު ޒަހަމްކޮށްލާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ފުލުހުންގެ މީޑީއާ އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ފުވަހު މި މައްސަލައާއި ގުޅޭ ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައި ވަނީ އުމުރުން 19 އަހަރާއި 22 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.

އަވަސްއިން ކަށަވަރު ކުރި އިރު ފޭދޫގައި ހަމަނުޖެހުމެއް ހިންގާފައި ވަނީ ދެ “ގޭންގެ” އްގެ މެދުގަ އެވެ. ޒަހަމްކޮށްލި އެ ކުއްޖާއަކީ ފޭދޫ ސްކޫލްގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ ދައިވަރެކެވެ އަދި އެ ކުއްޖާއަކީ ކުރިން ވެސް “ގޭންގެ” އްގައި ހަރަކާތްތެރިވާ ކުއްޖެއް ކަމަށް އެ ރަށުގެ ވާހަކަ ދައްކާ އިތުބާރު ސޯސްތައް ބުނެދެ އެވެ.

އައްޑޫގައި ކުޑަކުއްޖަކު ޒަހަމްކޮށްލާފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 އެހާކަންހާއިރު 13 އަހަރުގެ ކުއްޖަކު މަރާލައި ފޮއްޓަކަށްލުމަށް ފަހު ހުޅުމާލެއަށް އެއްލާލާފައި އޮއްވައި ފެނިފައި ވަނިކޮށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!