ގދ. ތިނަދޫ / ފޮޓޯ: ނައުފަލް

ތިނަދޫގައި 24 ގަޑިއިރު ކާފިއު ހިންގަނީ

ގދ.ތިނަދޫގައި ކޮވިޑް-19 ކޮންޓްރޯލު ނުވެ ފެތުރެމުންދާތީ 24 ގަޑިއިރު ކާފިއު ހިންގަން ކައުންސިލުން ނިންމައިފިއެވެ. ތިނަދޫ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނީ ތިނަދޫގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި ރަށުގެ ހާލަތު ރަގަނޅުނުވެ ކޮމިއުނިޓީ ސްޕްރެޑަކަށް ބަދަލުވެފައިވާ ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި 14 ދުވަހުގެ ނިޔަލަށް ރަށުގެ ކާފިއު ވަގުތު 24 ގަޑިއިރަށް ބަދަލުކޮށްފާ އޮތްނަމަވެސް ތިނަދޫގައި ބަލި ފެތުރުން ހިފެހެއްޓިފައި ނުވާތީ، މިއަދުން ފެށިގެން 7 ދުވަހުގެ މުއްދަތަށް އަނެއްކާ ވެސް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އިއްޔެ ބޭއްވި ތިނަދޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބައްދަލުވުމުން ކުރިން ކޮށްފައިވާ އިއުލާނަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ. ކައުންސިލުން ބުނީ ތިނަދޫއަށް ދިމާވެފައިވާ ކޮވިޑް-19ގެ މި ހާލަތުން އަރައިގަތުމަށް އާންމުންގެ އެއްބާރުލުން މިހާރަށް ވުރެބޮޑަށް ބޭނުންވާ ކަމަށެވެ. އަދި އެޗްޕީއޭއާ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަބާ ކިޔަމަންތެރިވުމަށް ކައުންސިލުން ވަނީ އަންގާފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!