ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފެއް މަސައްކަތުގައި -- ފޮޓޯ: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު

އޮފީސްތަކަށް ހާޒިރުވެ މަސައްކަތްކުރުމުގައި އަމަލުކުރަންވީ އުސޫލު އާންމުކޮށްފި

ދައުލަތުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް ހާޒިރުވެގެން މަސައްކަތްކުރާނެ އުސޫލު އާންމުކޮށްފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ދައުލަތުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް ހާޒިރުވެގެން މަސައްކަތް ކުރުން މަޑުޖައްސާލުމަށް 6 މެއިގައި އެންގި އެންގުން ބާތިލުކޮށް ޖުލައި 4 ވާ އާދީއްތަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން، ދައުލަތުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުން އޮފީހަށް ހާޒިރުވެގެން މަސައްކަތްކުރުމުގައި އެ އެޖެންސީން އަންގާ ފިޔަވަޅުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އަންގާ ކަމަށެވެ. މި ގޮތުން، އޮފީސްތަކުގައި އެޅުމަށް އަންގާފައިވާ ފިޔަވަޅުތަކަކީ. މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާގޮތަށް ހަމަޖެއްސުމާއި އެއްފަހަރާ އޮފީހަށް ނުކުންނަ މުވައްޒަފުންގެ އަދަދު މަދުކޮށް، ދަންފަޅިތަކަށް ބަހައިލައިގެން މަސައްކަތަށް ނުކުތުމާއި ބަލީގެ އަލާމާތްތައް ހުންނަ މު ވައްޒަފުން އޮފީހަށް ނުނުކުތުމަށާއި، އަލާމާތްތައް ފެނުމުން ލަސްނުކޮށް ފްލޫ ކްލިނިކަށް ދައްކައިގެން ޓެސްޓުކުރުމާއި ފަރުވާ ހޯދުމާއި މުވައްޒަފުން ހުރިހާ ވަގުތެއްގައި ވެސް ގައިދުރުކަން ބެހެއްޓުމާއި، މާސްކް އެޅުމާއި، ރައްކައު ތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން މަސައްކަތުގައި އުޅުމާއި މަސައްކަތުގައި އޮފީހުގައި އުޅޭއިރު މުވައްޒަފުން އެކުގައި ސައިބުއިމާއި ކެއުމުގެ ބަދަލުގައި، އެ މީހެއްގެ ވަރކްސްޓޭޝަނުގައި، އެހެން މީހުންނާ ވަކިން ގައިދުރުކަން ބަހައްޓައިގެން ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުން އަދި އެކިއެކި ބައްދަލުވުންތައް (ޚާއްޞަކޮށް ގިނަމީހުން ބައިވެރިވާ ބައްދަލުވުންތައް) އޮންލައިންކޮށް ބާއްވާގޮތަށް ހަމަޖެއްސުމެވެ. މީގެ އިތުރުން، އޮފީސްތަކުން އޮންލައިންކޮށް ދެވެން ހުރި ޚިދުމަތްތައް އޮންލައިންކޮށް ދިނުން. އަދި އޮންލައިން ޚިދުމަތްތައް ވީހައިވެސް ގިނަކުރުމަށް މަސައްކަތްކުރުން އަދި އޮފީސްތަކުގައި މަސައްކަތްކުރުމުގައި ކޯވިޑް-19 އިން ރައްކައުތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރުން ވެސް ހިމެނެއެވެ. އެޗްޕީއޭއިން ބުނީ މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ dhuvas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!