ވެލާނާގެ / ފޮޓޯ: ހަސަން އަތޫފް ދަ ޕްރެސް

ދައުލަތުގެ އޮފީސްތަކާ އަމިއްލަ އޮފީސްތައް ހުޅުވައިގެން މަސައްކަތްކުރަން ހުއްދަ ދީފި

ދައުލަތުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް ހާޒިރުވެގެން މަސައްކަތްކުރުމަށް ހުއްދަ ދީފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ރޭ ނެރުނު އިއުލާނެއްގައި ބުނީ މިއަދުން ވަކިގޮތެއް އަންގަންދެން، ދައުލަތުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުން އޮފީހަށް ހާޒިރުވެގެން މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެޗްޕީއޭއިން ވަނީ އެ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހާ އިދާރާތަކަށާ ފަރާތްތަކަށް އަންގާފައެވެ. އަދި އެ އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް ވަނީ އަންގާފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!