ކޮވިޑް ވެކްސިންގެ ޖެހުން: ދެ ވަނަ ޑޯޒް ނުޖެހިތިބި މީހުންނަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަން ފަށަން މާދަމާ ފަށާނެ -- އަވަސް ފޮޓޯ

އެޕޮއިންޓްމެންޓަށް ދެވަނަ ޑޯޒް ޖަހައިދެނީ

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ދެ ވަނަ ޑޯޒް ނުޖެހިތިބި މީހުންނަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަން ފަށަން ނިންމައިފި އެވެ.

އެޗްޕީއޭއިން މިރޭ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ދެވަނަ ޑޯޒް ނުޖެހި ތިބި މީހުންނަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަން މާދަމާ ފަށާނެ ކަމަށެވެ. ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދެމުން ގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަން ދީގެން ކަމަށްވެސް ބުންޏެވެ.

އެ ގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުން ޖުލައި 4، 2021 ގައި ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެދުމަށް އެޗްޕީއޭއިން ގުޅަމުންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެ ޕޮއިންޓްމަންޓް ލިބޭ ހުުރިހާ މީހުންވެސް ކަނޑައަޅާފައިވާ ސެންޓަރުތަކަށް ގަޑިއަށް ދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދެވަނަ ޑޯޒް ޖަހައިދޭނީ ހަމައެކަނި އެޕޮއިންޓްމަންޓް ހައްދައިގެން ކަމަށްވެސް ވަނީ ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!