ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް -- ފޮޓޯ: ރައީސް އޮފީސް

ކޮވިޝީލްޑް ލިބިއްޖެ، ދެން ވެކްސިން ޕްރަގްރާމް މެދުނުކެނޑޭނެ

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ފުރަތަމަ ޖަހަން ފެށި އިންޑިއާގެ ސީރިއަމް އިސްޓިޓިއުޓްގެ “ކޮވިޝީލްޑް” ވެކްސިންގެ އިތުރު ޝިޕްމަންޓެއް ލިބިއްޖެ އެވެ. ވެކްސިންގެ އިތުރު ޝިޕްމަންޓެއް ލިބިފައި މިވަނީ ކޮވިޝީލްގެ ފުރަތަމަ ޑޯޒް ޖެހި ފަހުން ވެކްސިން ހުސްވެ ލައްކައަށްވުރެ ގިނަ މީހުން ދެވަނަ ޑޯޒް ނުޖެހި އެކަމުގެ ކަންބޮޑުވުން އޮތް ވަގުތެއްގައެވެ.

ހެލްތް މިނިސްޓްރީން މިރޭ ބުނީ ކޮވިޝީލްޑް ވެކްސިންގެ އިތުރު ޝިޕްމަންޓެއް މިއަދު ލިބިފައިވާ ކަމަށެވެ. ނަމަވެސް ލިބުނު ސީދާ އަދަދެއް ނުބުނެއެވެ. އެ މިނިސްޓްރީން ބުނީ ވެކްސިން ނުޖެހި ތިބި ހުރިހާ އެންމެނަށް ދެން ވެކްސިން ޖެހޭނެ ކަމަށެވެ.

“މިއަދު ލިބުނު ޝިޕްމަންޓާއެކު ވެކްސިން ޕްރަގްރާމް ނުހުއްޓި ދެން ކުރިއަށް ގެންދެވޭނެ،” އޮފިޝަލް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖަހައި ދިނުން ވަގުތީ ގޮތުން ހުއްޓާލީ މެއި ހަތަރުވަނަ ދުވަހު އެވެ. ވެކްސިނަށް ރާއްޖެ ޖެހުނީ އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ވެކްސިން ފޯރުކޮށް ދިނުން ހުއްޓާލުމާއި ގުޅިގެންނެވެ.

އެޗްޕީއޭއިން މިރޭ ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާ ފަށާނެ ކަމަށް ބުނެފައެވެ. އެޗްޕީއޭއިން މިރޭ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ދެވަނަ ޑޯޒް ނުޖެހި ތިބި މީހުންނަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަން މާދަމާ ފަށާނެ ކަމަށެވެ. ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދެމުން ގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަން ދީގެން ކަމަށްވެސް ބުންޏެވެ.

އެ ގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުން ޖުލައި 4، 2021 ގައި ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެދުމަށް އެޗްޕީއޭއިން ގުޅަމުންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެ ޕޮއިންޓްމަންޓް ލިބޭ ހުުރިހާ މީހުންވެސް ކަނޑައަޅާފައިވާ ސެންޓަރުތަކަށް ގަޑިއަށް ދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދެވަނަ ޑޯޒް ޖަހައިދޭނީ ހަމައެކަނި އެޕޮއިންޓްމަންޓް ހައްދައިގެން ކަމަށްވެސް ވަނީ ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!