ކޮވިޝީލްޑް ވެކްސިން ފުޅިއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޕޮއިންޓްމަންޓް އުސޫލުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ

އެޕޮއިންޓްމަންޓް އުސޫލުން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭން ފަށަން އެޗްޕީއޭއިން ނިންމައިފިއެވެ. ކޮވިޝީލްޑަކީ ރާޢްޖޭގައި ކޮވިޑް19 އާ ދެކޮޅަށް އެންމެ ފުރަތަމަ ޖަހަންފެށި ވެކްސިނެވެ. އަދި އެއީ ރާއްޖޭގައި އެންމެ ގިނަ މީހުން ޖަހާފައިވާ ވެކްސިންވެސް މެއެވެ. ނަމަވެސް އެ ވެކްސިން އުފައްދާ އިންޑިއާގައި ކޮވިޑް19 ގެ ހާލަތު ގޯސްވެ, ވެކްސިން އިމްޕޯޓުކުރުމަށް ހުރަސްތަކާ ކުރިމަތިވުމުން ރާއްޖޭގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖެހި އެންމެންނަށް ދެވަނަ ޑޯޒް ޖަހާވަރަށް ވެކްސިން ނުލިބުމުގެ ސަބަބުން ގިނަ ބަޔަކު ތިބީ ވެކްސިން ފުރިހަމަ ނުކުރެވިފައެވެ. މިރޭ އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެން ވެކްސިން ޖެހުމުގެ މަސައްކަތް މާދަމާ ފަށާނެއެވެ. އަދި ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދެމުން ގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން, ކުރިން ވެކްސިން ޖެހި މީހުންނަށް އިސްކަން ދީގެން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭއިން ބުނީ ފެބްރުއަރީ މަހުގެ ތެރޭގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް މާޑަމާ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެދުމަށް އެޗްޕީއޭއިން ގުޅާމުން ދާނެ ކަމަށެވެ. އަދި އެޕޮއިންޓޤމަންޓް ލިބުމުން ކަނޑައެޅިފައިވާ ވަގުތުގައި ކަނޑައެޅިފައިވާ ތަނަށް އައުމަށް ސަމާލުކަން ދިނުމަށްވެސް އެދިފައިވެއެވެ. “ކޮވިޝީލްޑްގެ ދެވަނަ ޑޯޒް މިފަހަރު ދޭން ހަމަޖެހިފައިވަނީ ހަމައެކަނި އެޕޮއިންޓްމަންޓް ހަދައިގެން ކަމުގައި މައުލޫމާތަށްޓަކައި ދެންނެވީމެވެ,” އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ. ތަފްސީލު އަންނަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!