ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު

ފިޔަވަޅުތަކާއެކު އޮފީސްތައް ހުޅުވަން ހުއްދަ ދީފި

ކޮވިޑް-19 އިން ރައްކާތެެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ސަރުކާރާއި އަމިއްލަ އޮފީސްތައް ބަންދުގައި އޮތް އޮތުމަށް ނިމުމަކަށް ގެނެސް އޮފީސްތައް ހުޅުވައިގެން ހިދުމަތް ދިނުމުގެ ފުރުސަތު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ދެއްވައިފި އެވެ.

ޑީޖީޕީ މި ހުއްދަ ދެއްވާފައި މިވަނީ މާދަމާއިން ފެށިގެން ސަރުކާރުގެ އޮފީސްތައް ހުޅުވަން ނިންމާ އެކަމާއި ގުޅޭ އުސޫލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާފައިވަނިކޮށެވެ. އޮފީސް ހުޅުވުމުގެ ހުއްދަ ދީ ޑީޖީޕީ މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ އޮފީސްތައް ހުޅުވި ނަމަވެސް މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާގޮތަށް ހަމަޖެއްސުމަށް އެދޭ ކަަމަށެވެ. އަދި އެއްފަހަރާ އޮފީހަށް ނުކުންނަ މުވައްޒަފުންގެ އަދަދު މަދުކޮށް، ދަންފަޅިތަކަށް ބަހައިލައިގެން މަސައްކަތަށް ނުކުތުމާއި ބަލީގެ އަލާމާތްތައް ހުންނަ މުވައްޒަފުން އޮފީހަށް ނުނުކުތުމަށާއި އަލާމާތްތައް ފެނުމުން ލަސްނުކޮށް
ފްލޫ ކްލިނިކަށް ދައްކައިގެން ޓެސްޓުކޮށް ފަރުވާ ހޯދުމަށެވެ.

މުވައްޒަފުން ހުރިހާ ވަގުތެއްގައި ވެސް ގައިދުރުކަން ބެހެއްޓުމާއި މާސްކް އެޅުމާއި ރައްކައުތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން މަސައްކަތުގައި އުޅުމަށާއި މަސައްކަތުގައި އޮފީހުގައި އުޅޭއިރު މުވައްޒަފުން އެކުގައި ސައިބުއިމާއި ކެއުމުގެ ބަދަލުގައި އެ މީހެއްގެ
ވާކްސްޓޭޝަނުގައި އެހެން މީހުންނާ ވަކިން ގައިދުރުކަން ބަހައްޓައިގެން ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމާއި އެކިއެކި ބައްދަލުވުންތައް (ހާސަކޮށް ގިނަމީހުން ބައިވެރިވާ ބައްދަލުވުންތައް) އޮންލައިންކޮށް ބާއްވާ ގޮތަށް ހަމަޖެއްސުމަށް ވަނީ އަންގާފައެވެ.

އަދި އޮފީސްތަކުން އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިންކޮށް ދިނުމާއި އަދި އޮންލައިން ހިދުމަތްތައް ވީހައިވެސް ގިނަކުރުމަށް މަސައްކަތް ކުރުމާއި އޮފީސްތަކުގައި މަސައްކަތްކުރުމުގައި ކޮވިޑް-19 އިން ރައްކައުތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން
ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!