މާޗް، 4، 2021: ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީށް ހިޔާ ފްލެޓް ތަކުގެ މައްސަލައިގައި ކަމާ ބެހޭ ހުރިހާ ފަރާތްތަކެއް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

532 މައްސަލައިގައި އޭޖީގެ ގާނޫނީ ލަފާ އަރުވައިފި

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ މުއައްސަސާތަކަށް 532 ކަމަކާ ގުޅޭ ގާނޫނީ ލަފާ އަރުވާފައި ވާކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ހާމަކޮށްފިއެވެ. އޭޖީ އޮފީހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ނިމުނު ޖޫން މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އެކި މުއައްސަސާތަކުން 520 މައްސަލައަކާ ގުޅޭގޮތުން ގާނޫނީ ލަފައަށް އެދި ފޮނުވާފައިވާއިރު، އެ މުއްދަތުގެ ތެރޭގައި 532 މައްސަލައަކަށް އެ އޮފީހުން ވަނީ ލަފާ ދެއްވާފައެެވެ. އޭގެ ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅޭގޮތުން 154 ލަފައެއް އޭޖީ ވަނީ ދެއްވައިފަ އެވެ. ގަވާއިދުތަކާ ގުޅިގެން 107 ލަފައެއް އަރުވާފައި ވާއިރު، އުސޫލުތަކާ ގުޅޭގޮތުން އަރުވާފައި ވަނީ 18 ލަފައެކެވެ. މި މުއްދަތުގައި ބިލު ތަސްދީގު ކުރުމާ ގުޅޭ ގޮތުން 12 ލަފައެއް އެރުވި އިރު މުއާހަދާ ތަކާ ގުޅޭ ދެ ލަފައެއް ވެސް އޭޖީ އޮފީހުން ވަނީ އަރުވައިފަ އެވެ. އަދި އެހެނިހެން ކަންތައްތަކާ ގުޅިގެން 239 ލަފައެއް އެ އޮފީހުން ވަނީ ދީފަ އެވެ. މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދީފައިވާ ލަފާތަކުގެ ތެރޭގައި މިދިޔަ އަހަރު ނިމުނު އިރު ލަފާ ނުދެވި ހުރި ކަންކަމާއި، އޭޖީ އޮފީހުގެ އިސްނެގުމުގެ މަތިން އެކުލަވާލައި ފޮނުވި ބައެއް ގަވާއިދުތައް ހިމެނޭކަމަށް އެ އޮފީހުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!