އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ / ފޮޓޯ: ރައީސް އޮފީސް

“ސައިބާ ސޭފްޓީ”ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީ އިން ކެމްޕެއިންއެއް

“ސައިބާ ސޭފްޓީ” ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީ އިން ކޭމްޕެއް ލޯންޗުކޮށްފިއެވެ. މި ކޭމްޕަކީ ކިޔެވުމާއި މުނިފޫހި ފިލުވުމުގައި ދަރިވަރުން އިންޓަނެޓް ބޭނުންކުރާއިރު ރައްކާތެރި ގޮތުގައި ބޭނުން ކުރަން ދަސްކޮށްދީ ހޭލުންތެރި ކުރުމުގެ ގޮތުން ކުރިޔަށްގެންދާ ކެމްޕެއިނެކެވެ. އެޑިއުކޭޝަން މިނިސްޓްރީއާ ޔުނިސެފް މޯލްޑިވްސް އަދި ވިމެން އިން ޓެކް މޯލްޑިވްސް އިން ގުޅިގެން ހިންގާ މި ކެމްޕެއިންގެ މަގުސަދަކީ އޮންލައިންކޮށް ކިޔެވުމަށާއި ކިޔަވައިދިނުމަށް ޖެހިފައިވާ މިދުވަސްވަރު، ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުން، އިންޓަނެޓް ބޭނުންކުރުމުގައި ދިމާވެދާނެ ކަންތައްތަކާއި މެދު އަހުލުވެރި ކުރުވުމާއި، ރައްކާތެރިކޮށް އިންޓަނެޓް ބޭނުންކުރުމުގެ މަޢުލޫމާތު ދިނުންކަމަށް މިނިސްޓްރީ އިން ބުނެއެވެ. މި ކޭމްޕުގައި އެނިމޭޓެޑް ވީޑިއޯ، ޕޯސްޓަރު އަދި ޗެޓްބޮޓް މެދުވެރިކޮށް، ރައްކާތެރިކަމާއެކު، އިންޓަނެޓް ބޭނުންކުރުމުގެ އެކި އެކި މައުލޫތަކަށް މައުލޫމާތުދެވިގެންދާނެކަމަށް ވެސް މިނިސްޓްރީ އިން ބުނެއެވެ. އަދި އޮންލައިކޮށް ހިއްސާ ކުރާ އަމިއްލަ އަދި ސިއްރު މައުލޫމާތަކީ ކޮބައި ކަމާއި މިފަދަ މައުލޫމާތު އޮންލައިންކޮށް ހިއްސާކުރުމުގައި ރައްކާތެރިވާންވީ ގޮތުގެ މައްޗަށް މައުލޫމާތު ދިނުމުގެ އިތުރުން ދަރިވަރުން އޮންލައިކޮށް އުޅުމުގައި ހަނދާން ބަހައްޓަންވީ މުހިއްމު ކަންކަމާ ބެހޭގޮތުންވެސް މައުލޫމާތު ދެވިގެންދާނެއެވެ. މި ކޭމްޕުގައި ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ކަންތައްތަކުގެ ތެރޭގައި އޮންލައިންކޮށް އުޅުމުގައި ދިމާވާ ގަނާކުރުމާއި ގްރޫމިން ފަދަ ބޮޑެތި މައުލޫތަކަށް ވީޑިއޯ އަދި ޕޯސްޓަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އިން ބުނެއެވެ. އަދި އަލަށް ތައާރަފްކުރެވުނު ޗެޓްބޮޓްއަކީ އެކިއެކި މައުލޫތަކަށް މައުލޫމާތު ދޭގޮތައް ތައްޔާރުކުރެވިފައިވާ ސޮފްޓްވެއާއެއްކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މި ކެމްޕޭނުގައި ތައްޔާރުކުރެވޭ ހުރިހާ ކޮންޓެންޓެއް އެއްތަނަކުން ފެންނާނެހެން ޖަމާކޮށް ސައިބާ ސްމާޓްގެ ނަމުގައި ވެބްސައިޓެއް ތައްޔާރުކޮށް އާންމުންނަށް ހުޅުވާލުމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!