އުތުރު ތިލަފަޅު: އެ ތަނުުގައި ހުރި ބައެއް ތަކެތި ނީލަން ކިޔަން ސިފައިން ވަނީ ނިންމާފައި

އުތުރު ތިލަފަޅުގެ ބާ މުދާ ނީލަމަށް

އިންޑިއާ ސިފައިން ބައިތިއްބާ، އިންޑިއާގެ ބާރު އޮންނަ ގޮތަށް އެ ގައުމުގެ އެހީގައި ޑޮކްޔާޑަކާއި ބަނދަރެއް ތަރައްގީ ކުރާ ސިފައިންގެ ރަށް، އުތުރު ތިލަފަޅު (ޔޫޓީއެފް) ގައި ހުރި ބާމުދާ ނީލަން ކިޔަން ނިންމައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ޔޫޓީއެފްގައި ހުރި ބޭނުން ކޮށްފައިވާ ބައެއް ތަކެތި ނީލަން ނީލަމުގައި ވިއްކާލަން ބޭނުންވާ ކަމަށެވެ. ނީލަން ކިޔަން ހަމަޖައްސާފައި ވަނީ ފައިވަނީ އުތުރު ތިލަފަޅުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

މި ތަކެތި ނީލަން ކިޔުން އޮންނާނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އެކަމަކު އެމްއެންޑީއެފުން އާއްމުކުރި ނީލަން ކަރުދާހުގައި ނީލަން ކިޔަނީ ބައެއް ތަކެތި ކަމަށް ޖަހާފައި އޮތް ނަމަވެސް އެ ލިސްޓުގައި އޮތީ ބާވެ ހަލާކުވެފައިވާ އެމްބިއުލާންސެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!