ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތުގައި މިއަދު ނަމާދު ކުރުމުގެ ތެރެއިން

ޖުލައި 1 އިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތް ހެދޭނެ

ޖުލައި 1 އިން ފެށިގެން މިސްކިތްތަކުގައި ހައިދުރުކަމާއެކު ޖަމާއަތް ހަދަން ހުއްދަ ދީފިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެން ރައީސް އޮފީހުން މިހާރު ބާއްވަމުންދާ ނޫސް ކޮންފަރެންސްގައި ރައީސް ވަނީ އެކަން އިއުލާން ކުރައްވާފައެވެ. ރައީސް ވިދާޅުވީ، ކޮވިޑަ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔވަޅުތަކަށް ބޮޑެތި ލުއިތަކެއް ދޭއިރު އަންނަ ބުރާސްފަތި (ޖުލައި 1) އިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށެވެ. މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރެވުނަސް އެކަން ކުރަން ހުއްދަ ދެނީ ގައިދުރު ކަމާއެކުގައެވެ. ސަރުކާރުން މިގެނައި ބަދަލާ ގުޅޭ އިތުރު ތަފްސީލު އިސްލާމިކް މިނިސްޓްރީން އަދި ހާމަ ނުކުރި ނަމަވެސް، ކޮވިޑާ ގުޅިގެން މީގެ ކުރިން އެޅި ފިޔަވަޅުތަކަށް ލުއި ދިން އިރުވެސް މިސްކިތްތަކުގައި ގައިދުރު ކަމާއެކު ޖަމާއަތް ހެދުމަށް ހުއްދަ ދިނެވެ. އަދި މިސްކިތަށް ދާ މީހުން ގެއިން ވުޟޫ ކޮށްގެން ދިއުމާއި، މުސައްލައެއް ގެންދިއުމާއި، ނަމާދުކޮށް ނިމިގެން މިސްކިތުގައި ގިނަ އިރުނުކޮށް ފައިބައިގެން ދިއުން ފަދަ ކަންކަމަށް އިލްތިމާސް ކުރިއެވެ. މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން މެދުކަނޑަލީ، މިދިޔަ އޭޕްރިލް މަހުން ފެށިގެން މޭ މަހުގެ ފަހުކޮޅާ ހަމައަށް މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން މޭ މަހުގެ 26 ވަނަ ދުވަހު އެވެ. އޭރު މިސްކިތްތައް ބަންދުކޮށް ބެހެއްޓުމަށް ފަހު ވަކި ވަކި މީހުންނަށް މިސްކިތަށް އަރާ ނަމާދު ކުރެވޭނެ ގޮތް ހަދައި ދިނެވެ. ނަމަވެސް މިއަދު ލުއި ދޭން އިއުލާން ކުރުމުގެ ކުރިން ބައެއް މިސްކިތްތަކުގައި ބައެއް މީހުން ވަނީ ޖަމާއަތް ހަދައިގެން ނަމާދުވެސް ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!