ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.

ނޫސްވެރިންގެ މި ބައްދަލުވުން ބާއްވަން ހަމަޖައްސާފައި ވަނީ މިއަދު ހަވީރު 4:00 ޖަހާއިރު އެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ރައީސާއެކު ހެލްތް މިނިސްޓަރު އަހްމަދު ނަސީމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ސޯލިހް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރެއްވީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އެ ދުވަހު ވެސް ރައީސް ސޯލިހް ވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަން ނިންމާފައި ހުރި ކަންކަމުގެ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!