ފިނޭންސް މިިނިސްޓްރީ-- ދުވަސް ފޮޓޯ

ކޯވިޑް-19: ދައުލަތުން ކުރި ހޭދަ 3.4 މިލިއަން ރުފިޔާއަށް އަރައިފި

ކޯވިޑް-19 އާއި ގުޅިގެން ދައުލަތުން ކުރި ހޭދަ 3.4 ބިލިއަން ރުފިޔާއަށް އަރައިފި އެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 1،789.6 މިލިއަން (1.7 ބިލިއަން) ރުފިޔާ ޚަރަދުކޮށްފައި ވެއެވެ. މީގެ އިތުރުން އިގްތިސޯދީ ދަތިކަމުން އަރައިގަތުމަށް 1،743.4 މިލިއަން (1.4 ބިލިއަން) ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ޞިއްޙީ ކަންކަމަށް ޚަރަދުކުރި 1.7 ބިލިއން ރުފިޔާގެ ތެރެއިން އެންމެ ބޮޑު މިންވަރެއް ޚަރަދުކޮށްފައިވަނީ ނޭޝަނަލް ޑިސާސްޓާ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އާއި ހެލްތު މިނިސްޓްރީންނެވެ. އެންޑީއެމްއޭއިން މި މުއްދަތުގައި 783.8 މިލިއަން ރުފިޔާ ހަރަދުކުރި އިރު މިނިސްޓްރީން ހަރަދު ކުރީ 559.9 މިލިއަން ރުފިޔާ އެވެ. އިޤްތިޞާދީ ކަންކަމަށް ހަރަދުކުރި ފައިސާގެ ތެރެއިން ގޭބީސީތަކަށް ބަލާއިރު، ފެން ބިލުތަކަށް ސަބްސިޑީ ދިނުމަށް މިހާތަނަށް 26 މިލިއަން ރުފިޔާ އަދި ކަރަންޓު ބިލުތަކަށް ސަބްސިޑީ ދިނުމަށް 146.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ. މާލީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތަތްކަށް އިންކަމް ސަޕޯޓުގެ ގޮތުގައި ސަރުކާރުން ވަނީ 421 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. މީގެ އިތުރުން އެސްޑީއެފްސީ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް 362.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ބޮޑެތި ވިޔަފާރިތަކަށް 585.9 މިލިއަން ރުފިޔާ އަދި 8.0 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!