އޭޕްރީލް 19، 2021: ރޯދަމަހުގެ ކޮންމެ ދުވަހެއްގެ ހަވީރު ފިންޏަށް ގިނަ ބަޔަކު މަގުތަކަށް ނުކުމެއެވެ. މިކަމުގެ ތެރެއިން އާދަޔާހިލަފަށް މަގުތައްމަތީގައި ސައިކަލާއި ދުއްވާއެއްޗެހި ނުކުމެ މަގުތައް ފުރާލައެވެ. ޕެންޑެމިކްގެ ހާލަތުގައި މާސްކު އަޅައިގެންވިޔަސް ހަވީރު ފިންޏަށް ނުކުތުމުގެ މި އާދަކާދަ ދިވެހިން ދަނީ ދަމަހައްޓަމުންނެވެ. --ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު މާލެއިން 31 މީހުން، ޖުމްލަ 233 މީހުން ޕޮޒިޓިވްވެއްޖެ

ރާއްޖެއިން މިއަދު އިތުރު 233 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 31 މީހުންނާއި އެހެން ރަށްރަށުން 157 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 45 މީހުން ކަމަށެވެ. މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 73,327 އަށް ވަނީ އަރާފަ އެވެ. މިވަގުތު ބަލިޖެހިފައި ތިބި 4,075 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 29 މީހުންނަށެވެ. މިއަދު ބަލިން ރަނގަޅުވީ 225 މީހުންނެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 69,031 އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 209 މީހުން ވަނީ މަރުވެފަ އެވެ. ރާއްޖޭގައި މިހާތަނަށް 316,261 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ވަނީ ޖަހާފަ އެވެ. އޭގެ ތެރެއިން ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 187,736 މީހުންނެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!