ކޮވިޑްގެ ހާލު ބޮޑު ބަލި މީހުންނަށް ފަރުވާ ދެމުންދާ ދަރުމަވަންތަ ހޮސްޕިޓަލް: އެތަން ހުރީ ހުސްކޮށް -

ކޮވިޑް: ހާލު ބޮޑީ އެންމެ މީހެއް

ކޮވިޑް-19 އަށް ޕޮޒިޓިވްވެ މިވަަގުތު ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހާލު ބޮޑީ އެންމެ މީހެއް ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑް ޖެހި ފަސޭހަނުވެ ތިބީ 4،067 މީހުންނެވެ. އޭގެ ތެރެއިން 30 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

އެޗްއީއޯސީއިން ބުނީ 30 މީހުންގެ ތެރެއިން 15 މީހަކަށް މާލެ ސަރަހައްދުގައި ފަރުވާ ދެމުންދާއިރު ދެން ތިބި 15 މީހުން ތިބީ އަތޮޅުތަކުގެ މެޑިކަލް ފެސިލީޓީތަކުގައެވެ.

ފަރުވާދޭ މީހުންގެ ތެރެއިން ހާލު ބޮޑީ އެންމެ މީހެކެވެ. އެމީހާ އައިސީޔޫގައި އޮތްއިރު ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ މިދިޔަ މެއި މަހު ހުޅުމާލެ މެޑިކަލް ފެސިލިޓީ އާއި ދަރުމަވަންތަ ހޮސްޕިޓަލްވެސް ފުރުނެވެ. އެކަމާއި ގުޅިގެން މެޑިކަލް ފެސިލިޓީގެ ކެޕޭސިޓީ އިތުރުކޮށް ހުޅުމާލެ ހޮސްޕިޓަލް ކޮވިޑަށް ހާއްސަކުރިއެވެ. އަދި އައިޖީއެމްއެޗްގެ ހިޔަލަ ވިގުން ބައެއްވެސް ކޮވިޑަށް ހާއްސަ ކުރިއެވެ.

މި ފަހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް ދަށަވަމުންނެވެ. މިދިޔަ ސައުވީސް ގަޑިއިރުތެރޭ ކޮވިޑަށް ޕޮޒިޓިވްވީ 150 މީހެކެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!