ރ ދުވާފަރުގައި ބަޔަކު ހަރަކާތްތެރި ވަނީ / ފޮޓޯ: އުނގޫފާރު.ކޮމް

ދުވާފަރުގައި 24 ގަޑިއިރަށް ކާފިއު ހިންގާ، ހުރިހާ ގެއަކުން ސާމްޕަލް ނަގަނީ

ރ. ދުވާފަރުގައި 24 ގަޑިއިރަށް ކާފިއު ހިންގާ، ހުރިހާ ގެއަކުން ސާމްޕަލް ނަގަން ކައުންސިލުން ނިންމައިފިއެވެ. ދުވާފަރު ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ ކޮވިޑް-19ގެ އިތުރު ކޭސްތަކެއް ދުވާފަރުން ފެންނަމުން ދާތީ، އެ ރޯގާ ފެތުރުން ހުއްޓުވުމަށްޓަކާ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ދުވާފަރު ޓާސްކްފޯސް އިން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން، މާދަމާއިން ފެށިގެން 7 ދުވަހުގެ މުއްދަތައް ދުވާފަރުގައި 24 ގަޑިއިރަށް ކާފިއު އިއުލާނުކޮށް، ރަށް ލޮކްޑައުން ކުރަން ނިންމާފައިވާ ކަމަށް އެއިއުލާނުގައި ބުނެއެވެ. އެ ފިޔަވަޅަކީ މިވަގުތު ރަށުގައި ބަލި ފެތުރިފައި އޮތް މިންވަރު ކުޑަކޮށް، ބަލި ފެތުރުން ކޮންޓްރޯލްމަށްޓަކާ އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ބަލި ފެތުރިފައިވާ ކަމަށް ފާހަގަކުރެވިފާ ނުވާ ތަންތަން ދެނެގަނެ، ދުވާފަރުން ކޮވިޑް ނައްތާލުމަށްޓަކާ މުހިންމު މަސައްކަތްތަކެއް ދުވަސްތަކުގައި ކުރިއަށް ދާނެ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ. އެގޮތުގެ މަތިން، އެ ރަށުގެ ހުރިހާ ގެއަކުން ވެސް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމަށާއި ސާމްޕަލްތައް ނެގުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ. އިއުލާނުގައި އިތުރަށް ބުނީ މި މުއްދަތުގެ ތެރޭގައި ވިޔަފާރި ކުރުމަށް ކޮންމެ ގެއަކަށް ވެސް ފާހެއް ދޫކުރެވޭނެ ކަމަށާއި ފާސް ލިބިފައިވާ ފަރާތްތަކަށް ހެނދުނު 8:00 ން މެންދުރު 12:00 އާ ދެމެދު ގެއަށް ބޭނުންވާ ތަކެތި ގަތުމަށް ބޭރަށް ނިކުންނެވުމުގެ ހުއްދަ ލިބޭނެ ކަމަށެވެ. މި ނޫން ވަގުތުތަކުގައި ވިޔަފާރިތަކުން ޑެލިވަރީގެ ހިދުމަތް ކުރިއަށް ގެންދެވޭނެ ކަމަށް އިއުލާނުގައި ބުނެއެވެ. އަދި ޒަރޫރީ ބޭނުންތަކުގައި ނިކުންނަން ބޭނުންވާ މީހުން ފުލުހުންނަށް ގުޅާ ބޭރަށް ނިކުތުމުގެ ހުއްދަ ހޯދުމަށް ވެސް އިއުލާނުގައި ބުނެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!