ގދ. ތިނަދޫ / ފޮޓޯ: ނައުފަލް

ތިނަދޫގައި ގެއިން ބޭރަށް ނުކުމެ އުޅުމާ ގުޅޭ އުސޫލަށް ބަދަލު ގެނެސްފި

ކޮވިޑް-19 ފެތުރުން އިތުރުވުމާ ގުޅިގެން، ގދ. ތިނަދޫގައި ގެއިން ބޭރަށް ނުކުތުމުގެ އުސޫލަށް ބަދަލު ގެނެސް ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ. “ދަ ފްރެސް” އަށް މައުލޫމާތު ދެމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ ގޭބީސީތަކަށް ދޫކޮށްފައިވާ ފާސްތައް ބޭނުން ކޮށްގެން ބޭރަށް ނުކުމެވޭނީ ތިނަދޫ ފުލުސް ސްޓޭޝަނުން ކަނޑައަޅާފައިވާ ވަގުތުތަކަށް ކޮންމެ ގޭބީސީއަކުން އެކަކަށް ކަމަށެވެ. އަދި ނުކުމެވޭނީ ހަފުތާއަކު އެއް ދުވަހު އެއް ގަޑިއިރަށް ކަމަށްވެސް ކައުންސިލުން ބުނެއެވެ. މިކަން މިގޮތަށް ނިންމީ ކުރިން ކޮންމެ ގެއަކަށް ދެ ފާސް ދޫކޮށްފައި ވާ އިރު އޭގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުކުރާތީއެވެ. އަދި ރަށު ތެރޭގައި މީހުން ހޭލިމޭލިވެ އުޅޭ މިންވަރު އިތުރުވެ، ކޮވިޑް ގެ ކޭސްތައް އިތުރު ވަމުން އަންނާތީ ކަމަވެސް ކައުންސިލް ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ. ސައުދު އިތުރަށް ވިދާޅުވީ، ވަޒީފާ އަށް ދާ ފަރާތްތަކަށް އޮފީސް ކާޑު ބޭނުން ކޮށްގެން އޮފީހަށް ގޮސް އައިސް ހެދޭނެ ކަމަށާއި އެހެން ނަމަވެސް ޒަރޫރީ ބޭނުމަކު ބޭރަށް ނުކުމެވޭނީ ޕޮލިސް ޕާމިޓް ގައި ކަމުގައެވެ. ގދ. ތިނަދޫ ކޮވިޑުގެ ހާލަތާ ގުޅުގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެށް ވެސް އަޅަން ތައްޔާރު ކަމުގައި ސައުދު އަލީ ވަނީ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!