ފިލްމް "ހެހެސް" ގެ ޕޯސްޓަރެއް --

ނިމާލްގެ “ހެހެސް”ގެ ފުރަތަމަ ފެނިލުން ބެލުންތެރިންނާ ހަމައަށް!

ކުޅަދާނަ ޑައިރެކްޓަރ އަދި މަޝްހޫރު ފިލްމީ ތަރި، އަހްމަދު ނިމާލްގެ “ހެހެސް”ގެ ފުރަތަމަ ފެނިލުން އާންމުނާ ހަމައަށް ގެނެސްދީފިއެވެ. ގިނަ ދުވަސްތަކަކަް ފަހު ނިމާލް ޑައިރެކްޓްކޮށްގެން އުފައްދާ ފިލް “ހެހެސް”އަކީ ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ލޯބީގެ ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައި ސަސްޕެންސް ތްރިލަރ އެކެވެ. މި ފިލްމުގައި ފިރިހެން ތަރިންގެ ގޮތުން ފެނިގެންދާނީ ދިވެހިރާއްޖޭގައި ދެ ވަނައެއް ނުވާ މޮޅު އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)، އާއި ހުނަރުވެރި އެކްޓަރ އިބްރާހިމް ޖިހާދު (ޖިމީ) އަދި ޢަލީ އާޒިމް (ދޮން އައްޔަ) ހިމެނެ އެވެ. މީގެ އިތުރުން، އަންހެން ތަރިންގެ ގޮތުގައި، އިރުފާނާ އިބްރާހިމް (އިރޫ)، މަރިޔަމް ޝިފާ، ވާޝިޔާ މުޙައްމަދު، ޓީވީ ޕްރެސެންޓަރ މަރިޔަމް ޝިފާ (ޝިފް) އަދި ފީޗަރ ފިލްމަށް މުޅިން އަލަށް ތަޢާރަފްވާ ޝިޔާޒާ މުޙައްމަދު (ޝިޔާ) ވެސް ފެނިގެންދާނެއެވެ. ޔޫއްޕެގެ ވާހަކައަކަށް ޔޫއްޕެ ތައްޔާރުކޮށްފައިވާ ސްކްރީން ޕްލޭއަކަށް އުފައްދާ މި ފިލްމު ޝޫޓުކޮށްފައިވަނީ ބ. ގޮއިދޫ އާއި މާލޭގަ އެވެ. މި ފިލްމު ކެމެރާކުރީ ހުނަރުވެރި ސިނެމެޓޯގްރަފްރ އަދި ކެމެރާމަން އިބްރާހީމް މޫސާ (ދަބަ) އެވެ. ފިލްމުގެ މިއުޒިކް ޖަލާލް ހަދާފައިވާ އިރު، ބެކް ސްކޯ ހެދީ އައްޔުމަން ޝަރީފް އެވެ. މޭކަޕް ކުރީ އާއިޝަތު އިބްނާ ނާޞިރް އެވެ. މި ފިލްމަށް ލަވަކިޔައިދީފައި ވަނީ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އާއި އޭނާގެ އަންހެނުން އަޝްފާ އަދި ޙަސަން ޠޮލާޤް (ތޮލާ) އެވެ.

ޚަބަރު ނަގާފައިވަނީ dhuvas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!