ކޯވިޑް-19: އައްޑޫ ސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފި

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އައްޑޫ ސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމައިފިއެވެ. އެގޮތުން ލުއިދިނުމަށް ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގެ ހިތަދޫ ފިޔަވައި، އެހެނިހެން ރަށްރަށުގައި (މަރަދޫ، މަރަދޫފޭދޫ، ފޭދޫގައި) މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ވަނީ ދީފައެވެ. މިގޮތަށް ނިންމެވި ނަމަވަސް ބައެއް ލުއިތަކާއެކު އެ އެޖެންސީން އަޅާފައިވާ އަންނަނިވި ފިޔަވަޅުތައް މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ގައި ދެމި އޮންނާނެއެވެ. އެގޮތުން ލުއި ދިނުމެއް ނެތި ދަމަހައްޓާފައިވާ ފިޔަވަޅުތައް ތިރީގައި އެ ވަނީއެވެ. މީގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭ އިން ނިންމަވާފައި ވެއެވެ. އެގޮތުން، ހައުސް ހޯލްޑް ޕާމިޓަކާ ނުލައި ކާފިއު ނޫން ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ހުއްދަދިނުމާއި، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ފިހާރަތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުން ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީގެ ޚިދުމަތް ދިނުމަށް ހުއްދަ ދިނުމާއި، ހަވީރު 04:00 ގެ ނިޔަލަށް ފިހާރަތައް ހުޅުވައިގެން ޚިދުމަތްދިނުމަށް ހުއްދަ ދިނުމާއި، ހިތަދޫ އެސް.އެސް.ޑީ އިން ހުއްދަ ދޫކޮށްފައިވާ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކާއި އާއްމު މަސައްކަތްކުރާ ފަރާތްތަކަށް ހެނދުނު 07:00 އިން ހަވީރު 06:00 އަށް މަސައްކަތްކުރުމަށް ހުއްދަދިނުން ހިމެނެއެވެ. މީގެ އިތުރުން، ކާފިއު ވަގުތު ހަވީރު 04:00 އިން ފަތިހު 04:00 އަށް ކުރު ކުރުމަށް ނިންމާފައި ވެއެވެ. ހިތަދޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތައް ދިން ނަމަވެސް މިސްކިތްތަކުގައި ނަމާދުކުރުން ހުއްޓާލަން އަންގާފައިވާ އެންގުން ވަނީ ދަމަހައްޓާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!