ހއ. ހޯރަފުށި: ހޯރަފުށީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލި މައްސަލާގެ ތުހުމަތަށް މީހަކު ވަނީ ހައްޔަރުކޮށްފައި --

ހޯރަފުށީގައި މީހަކު ޒަހަމުކޮށްލުން: ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

ހއ. ހޯރަފުށީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލި މައްސަލާގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ މެންދުރު 2:15 ހާއިރު ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލި މައްސަލާގައި 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްްގެ ދަށުންނެވެ.

އަދި އެ މީހާގެ ބަަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދެއް ދީފައިވާ ކަމަށެވެ.

މައްސަލައިގެ އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!