ދޯންޏަކުން މަސް ބާނަނީ. ކޮވިޑް-19ގެ ސަބަބުން މަސްވެރިކަމަށް ވަނީ ހީނަރުކަމެއް އައިސްފައި -- ފޮޓޯ: ޒުވާން މަސްވެރިޔާމާލޭގެ މަސް މާރުކޭޓުގައި ފަރު މަސްތަކެއް ވިއްކަން ބަހައްޓާފައި -- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސްމާލޭގެ މަސް މާރުކޭޓުގައި މަސްވެރިޔަކު މަސް ވިއްކަނީ -- އަވަސް ފޮޓޯ | އަހުމަދު ޝުރާއުއަހްމަދު މަނިކު ތޮފި އަޅުއްވައިގެން މެދުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މައުލޫމާތު ދެއްވަނީ

ހުރިހާ މަސްވެރިން އެހީއެއްގެ އިންތިޒާރުގައި

ކޮވިޑް-19 އާއި އިގްތިސޯދީ އެކި ދާއިރާ ތަކަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އަށް ވެސް ބޮޑެތި ގެއްލުން ތަކެއް މިވަނީ ލިބިފަ އެވެ. މަސް ވިއްކޭނެ ގޮތެއް ނެތިގެން އެތައް އުޅަނދެއް މަހަށް ނުފުރި ބަނދަރު ކޮށްގެން އެބަތިއްބެވެ. މަސްވެރިކަން ކިރިޔާ ވެސް ރަނގަޅުވެ ރަނގަޅު އަދަދަކަށް މަސް ބާނައިފިނަމަ ސަރުކާރު ކުންފުނި، މިފްކޯ އަށް މަހެއް ނުކިރެ އެވެ. މަސްވެރިންނަށް އެންމެ ބޮޑަށް އެހީތެރިވެދެން އޮތް ކުންފުނީގެ ހާލަތު އޮތީ މި ހިސާބުގަ އެވެ. ނަމަވެސް މިއަދުވެސް މަސްވެރިން އެތިބީ އެހީތެރިކަމެއްގެ އިންތިޒާރުގަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި 750 އަށް ވުރެ ގިނަ އުޅަނދު މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދެ އެވެ. މިއީ އާންމު ގޮތެއްގައި ކަނޑުމަސް އަދި ކަންނެލި މަސްވެރިކަން ކުރާ އޮޑި ފަހަރެވެ. މީގެއިތުރުން ސްޕޯޓްސް ފިޝިން އާއި އަދި އާމްދަނީ ހޯދުމުގެ ގޮތުގައި ފަރުމަސް ވެރިކަން ކުރާ އުޅަނދު ފަހަރު އައި ނުލަ އެވެ. މަސްވެރިކަމުގެ ދާއިރާ އަށް ގެއްލުންވެގެން ދިޔައިރު ހަމައެކަނި އަސަރުކޮށްފައިވަނީ ކަނޑުމަހާއި ކަންނެލީގެ މަސްވެރިކަމަށް ނޫނެނެވެ. ނަމަވެސް ހަމައެކަނި އަޅާލެވޭނަމަ ކިރިޔާވެސް ކަމެއް ކޮށްދެވެނީ ކަނޑުމަހާއި ކަންނެލީގެ މަސްވެރިކަމަށެވެ. ދިވެހިން އާމްދަނީ ހޯދަން ހަމައެކަނި ކުރަނީ މި ދެބާވަތުގެ މަސްވެރިކަން ހެއްޔެވެ؟ އެހެން މަސްވެރިކަމަށް އެހީ ނުވަނީ ކީއްވެގެން ހެއްޔެވެ؟

މަސްވެރިންގެ ޖަމިއްޔާގެ ފައުންޑަރު އަދި މަސްވެރިކަން ތަރައްގީ ކުރަން ގިނަ އެހީތަކެއް ވެދެއްވަމުން ގެންދަވާ، އަހްމަދު މަނިކް (މައިޒާން އަހަންމަދޭ) ވިދާޅުވީ މަސްވެރިކަމޭ ބުނުމުން ގިނަ ބަޔަކަށް ވިސްނިފައި އޮންނަނީ ހަމައެކަނި ކަނޑުމަހާއި ކަންނެލި މަސްވެރިކަމުގެ ވާހަކަ އެކަންޏެވެ. އެކަމަކު މަސްވެރިކަމުގެ ދާއިރާ އަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކާ އެކު އެންމެ ބޮޑު ގެއްލުމެއް ލިބުނު ބަޔަކީ ފަރު މަހުގެ މަސްވެރިން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެސް ކޮވިޑް ފެތުރިފައިވާތީ ވަރަށް ގިނަ ރަށްތައް ވަނީ އަރާ ފޭބުން މަނާކޮށް މޮނިޓަރިން އަށް ލާފަ އެވެ. އަދި އެތައް ބަޔަކު ރަށުގައި ގޭބަންދުވެ ކަރަންޓީނުގަ އެވެ. މިސަބަބާ ގުޅިގެން މަހަށް ނިކުންނަ އުޅަނދުތަކުގެ އަަދަދާއި މަހަށް ދާ މަސްވެރިންގެ އަދަދު ވެސް ވަރަށް ބޮޑަށް މިވަނީ ދަށްވެފަ އެވެ. މިކަމުގެ ސަބަބުން މަސްވެރިންގެ އަތްމަތި ވަނީ ދަތިވެފަ އެވެ.

ކޮވިޑްގެ ހާލަތު ފެށިގެން އައި އިރު ރާއްޖެ އިން މަސް އެކްސްޕޯޓް ކުރަމުން ދިޔަ މުހިއްމު ބައެއް މާކެޓްތައް ހިމެނޭ ގައުމުތައް ތިން ހަތަރު މަހަށް ލޮކްޑައުން ކުރި އެވެ. އަދި ރާއްޖެ ވެސް ތިން މަހަށް ލޮކްޑައުން ކޮށްލުމާ ގުޅިގެން ހީވެސް ނުކުރާ ވަރުގެ ބޮޑެތި އަދަދު ތަކުން މަސްވެރިންނަށާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ގެއްލުން ލިބުނެވެ.

“އޭރުގައި މުޅި ރާއްޖެއަށް ކޮވިޑެއް ނުފެތޭ. އެހެންވެ މަސްވެރިން އޭރު ހުރަސްތަކެއް ނެތި ހާސްކަމެއް ނެތި މަސްވެރިކަން ކުރަމުން ދިޔަ. އޭރު ރަށަށް އަރާ ފައިބާ ކޮންމެ ފަހަރަކު ކަރަންޓީނު ވާކަށް ނުޖެހޭ. އެކަމަކު މިހާރު ރަށަށް އަނބުރާ ގޮސް ހަފްތާއެއްގެ މުއްދަތައް ކަރަންޓީނު ވާންޖެހޭތީ ބައެއް މަސްވެރިންނަށް އެކަން އެބަވޭ ތަކްލީފަކަށް. އެހެންވެ އަދި ވެސް ބައެއް މަސްވެރިން މި ތިބީ ރަށުގައި މަޑުކޮށްލައިގެން ހާލަތު ރަނގަޅު ވަންދެން” އަހަންމަދޭ ވިދާޅުވި އެވެ.

ފަރުމަސްވެރި ކަމަކީ ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެގެން ދިއުމާ ގުޅިގެން އެ ވިޔަފާރީގެ ތެރެއިން ފުޅާވެ ބޮޑު ފައިދާއެއް ލިބެމުން ދިޔަ މަސްވެރި ކަމުގެ ބާވަތެކެވެ. އެހެންވެ ފަރުމަހުގެ ވިޔަފާރި ބޮޑަށް ގުޅިފައި އޮތީ ވެސް ރާއްޖޭގެ ރިސޯޓުތަކުގެ މާކެޓަށެވެ. އެހެންވެ ފަރުމަސް ވެރިކަން ކުރާ މީހުންނަށް ބޮޑު ގެއްލުމެއް ލިބުނީ ވެސް ކޮވިޑާ ގުޅިގެން ފަތުރުވެރިން ރާއްޖެ އައުން ހުއްޓި ރިސޯޓުތައް އިނދަޖެހި ރިސޯޓުތައް ބަންދުކުރުމާ ހިސާބުން ކަމަށް އަހްމަދު މަނިކު ވިދާޅުވި އެވެ.

“ރާއްޖޭގައި ފަރުމަސްވެރިކަން ކުރާ އުޅަނދުތައް މިފަހުން ވަަރަށް ގިނަ. އެކަމަކު މި އުޅަނދުތަކަކީ މަސްވެރިކަން ކުރާ އުޅަނދުތަކެއްގެ ގޮތުގައި ކަމާ ގުޅޭ އިދާރާތަކުގައި ރަޖިސްޓްރީ ކުރެވޭނެ ހަރުދަނާ ގޮތްތަކެއް ވެސް ނެތް” ރާއްޖޭގައި ފަރުމަހުގެ ވިޔަފާރިކުރާ މީހުންގެ ތަފާސްހިސާބު ރަނގަޅަށް ބެލެހެއްޓިފައި ނެތް ކަމަށް ވިދާޅުވެ އަހަންމަދޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަރުމަސް ވެރިކަން ކުރާ މީހުންގެ ތަފާސްހިސާބުތައް އެކަށީގެންވާ ގޮތަކަށް ބެލެހެއްޓިފައި ނެތުމުގެ ސަބަބުން ބައިނަލްއަގްވާމީ ފޯރަމް ތަކުގައި ރާއްޖޭގެ ފަރުމަހުގެ މަސްވެރިކަމުގެ ހާލަތާ ގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް ވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެކަމަކު އެ ޖަމިއްޔާ އިން އެކަމާ ގުޅޭ މައުލޫމާތުތައް އެއްކުރަމުންދާ ކަމުގައި ވެސް ވިދާޅުވި އެވެ.

“ލޯކަލް ކައުންސިލް ތަކާއި ގުޅިގެން މިހާރު އެ މައުލޫމާތުތައް އެއްކުރަމުން ދިޔަ ނަމަވެސް މި މަސައްކަތައް ވަރަށް ގިނަ ދުވަސް ހޭދަވާނެ ކަމަށް ބެލެވޭ. އެހެންވެ އަޅުގަނޑުމެން އެދެން ފަރުމަސްވެރިކަން ކުރާ ފަރާތްތަކުން އެ މައުލޫމާތުތައް ވީހާވެސް އަވަހަށް އަޅުގަނޑުމެންނާ ހިއްސާކޮށްދިނުމަށް،” އިތުރަށް ވިދާޅުވި އެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު، ޓޫރިޒަމް އެއްކޮށް އިނދަޖެހުމުން ރާއްޖޭގެ އިގްތިސޯދުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މަސްވެރިން ކަމުގައިވެސް އަހްމަދު މަނިކު ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންވެ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވާ ތަރައްގީ ކުރުމަށް އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން މިހާރަށް ވުރެ ހަރުދަނާ ރަނގަޅު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އަހްމަދު މަނިކު ދެކެވަޑައިގަންނަވަ އެވެ. އަދި މަސްވެރިކަމުގެ ވަކި ބާވަތެއް ތަފާތު ނުކޮށް ހުރިހާ ވައްތަރެއްގެ މަސްވެރިކަން ވެސް ކުރިއަރުވަން ކަމާ ގުޅޭ އުސޫލުތަކާއި ނިޒާމުތައް ހަރުދަނާކޮށް ލުއި ފަސޭހަ ގޮތްތައް ހަމަޖައްސައިދޭން ޖެހޭ ކަމުގައި ވެސް ވިދާޅުވި އެވެ.

ކޮވިޑް 19 އާއި ގުޅިގެން މަސްވެރިކަމުން ލިބޭ ފައިދާ ދަށްވެ މަސްވެރިންނަށް ވެސް މާލީ ގޮތުން އެހީތެރިކަމެއް ސަރުކާރުގެ ތެރެއިން ހަމަޖައްސައިދޭން ޖެހޭ ކަމަށް އަވަސް އިން ވާހަކަ ދެއްކި ބައެއް މަސްވެރިން ބުނެ އެވެ. މަސްވެރިން ބާނާ ހުރިހާ މަހެއް މިފްކޯ އަށް ގަނެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ މަސްވެރިންގެ އާދޭހެކެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިސްކިރޭނެ އިންތިޒާމު ހަމަަޖައްސައިދިނުމަށާއި ހުރިހާ ސަރަހައްދަކުން އައިސް ލިބޭނެ ގޮތްތަކެއް ފަހިވެގެން ދިއުމަކީ މަސްވެރިން ކުރާ އުއްމީދެކެވެ. ބޮޑުކަންނެލި މަސްވެރިކަން ކުރާ މީހުންގެ އެންމެ ބޮޑު އެއް އެދުމަކީ މަސް ގަންނަ ދަށް އަގެއް ކަނޑައެޅުމަށްފަހު އެއަށް ވުރެ ކުޑަ އަގެއްގައި މަސް ނުގަނެވޭނެ ގޮތް ހަދައިދިނުމެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!