ޖެންޑާ މިނިސްޓަރު ފިޔަވައްޗަށް ވަޑައިގެން އެ މަރުކަޒުގެ މުވައްޒަފުންނާއި ކުދިންނާ ބައްދަލު ކުރެއްވުމުގެ ތެރެއިން / ފައިލް ފޮޓޯ: ޖެންޑާ

7 މުވައްޒަފަކާ ގުޅިގެން ބަލަނީ ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ނޫން!

ކުޑަކުދިންގެ ހިޔާގައި ހުރި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެތަނުގައި މަސައްކަތް ކުރާ 7 މުވައްޒަފަކު ސަސްޕެންޑްކުރި ވާހަކަ ޖެންޑާ މިނިސްޓްރީން ދޮގުކޮށްފިއެވެ. އިއްޔެ “ދަ ޕްރެސް” އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވަނީ ހިޔާގައި ހުރި ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި 7 މުވައްޒަފުން އެއް މަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑު ކޮށްފާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަހުން އެވާހަކަ ދޮގު ކުރައްވާ ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ 7 މުވައްޒަފަކު ސަސްޕެންޑު ކުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކާ މެދު ޖިންސީ ގޯނާއެއް ކުރުމުގެ މައްސަލައަކާ ގުޅިގެން ނޫން ކަމަށެވެ. އަދި އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށާއި މައްސަލަ ބެލުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެއީ ސީދާ ކޮން މައްސަލަ އަކާ ގުޅިގެން ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!