ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީ-- ފޮޓޯ: އެސްޓީއޯ

ކޮވިޑުގައި 34 އަހަރުގެ މީހަކު މަރުވެއްޖެ

ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ 34 އަހަރުގެ ފިރިހެނަކު މަރުވެއްޖެ އެވެ. “ސަން” އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދިވެހި ފިރިހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 208 އަށް އަރައިފަ އެވެ. އަދިވެސް ކޮވިޑް ބަލި ޖެހިފައި ތިބި 4،362 މީހުން ތިބި އިރު, އޭގެ ތެރެއިން 41 މީހަކަަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. މިހާތަނަށް 72,000 އަށްވަރު ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. އޭގެ ތެރެއިން 67,886 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!