ފެބްރުއަރީ 3، 2021: ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު 212 މީހުން އަލަށް ޕޮޒިޓިވްވިއިރު ގިނައީ މާލެއިން ބޭރުން ފެނުނު ކޭސް

ރާއްޖެއިން މިއަދު އިތުރު 212 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު އޭގެތެރެއިން ގިނައީ އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން 212 މީހަކު މިއަދު އަލަސް ބައްޔަށް ޕޮޒިޓިވްވިއިރު އޭގެ ތެރެއިން 157 މީހުންނަކީ މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރޭ އެހެން ރަށްތަކުން ޕޮޒިޓިވްވި މީހުންނެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވީ 52 މީހުންނެވެ. އޭގެ އިތުރުންވެސް ރިސޯޓުތަކުން ދެ ކޭސް އަދި އިންޑަސްޓްރިއަލް ރަށްތަކުން އެއް ކޭސް މިއަދު ޕޮޒޓިވްވެފައިވެ އެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ފެނުނު ޖުމްލަ ކޭސްގެ އަދަދު މިވަނީ 72،678 އަށް އަރައިފަ އެވެ. އެހެންނަމަވެސް އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ތިބީ 4،262 މީހެކެވެ. ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ 38 މީހަކަށެވެ. މިއަދު ޕޮޒިޓިވްވި މީހުންނަކީ ޖުމްލަ 4،959 ސާމްޕަލް އިން ޕޮޒިޓިވްވި މީހުންނެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކުވައިދޭ ގޮތުގައި 311 މީހަކު ވަނީ މިއަދު ބަލިން ރަނގަޅުވެފަ އެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 68،197 އަށް އަރައިފަ އެވެ. ބަލީގައި މިހަތަނަށް ރާއްޖެއިން 208 މީހަކު ވަނީ ނިޔާވެފަ އެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!