ހިތަދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ކާފިއު އުވާލައިފި

އައްޑޫ ހިތަދޫ ފިޔަވައި އެހެން ހުރިހާ އަވަށްތަކެއްގެ ކާފިއު މިއަދު އުވާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހިތަދޫ ފިޔަވައި އައްޑޫގެ އެހެން ހުރިހާ އަވަށެއްގެ ކާފިއު މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ކޮވިޑްގެ ކޭސްތައް އެޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން އިތުރުވާން ފެށުމުން އައްޑޫ މޮނިޓަރިންގެ ހާލަތަށް ގެނެސް ކާފިއު ހިންގަމުން ދިޔައީ ހަވީރު 4:00 އިން ފަތިހު 4:00 އަށެވެ.

ނަމަވެސް އަދިވެސް ހިތަދޫގެ ކޭސްތައް އިތުރުވާތީ މި މަހުގެ 17 އިން ފެށިގެން އެ އަވަށުގެ ކާފިއު ވަގުތު އިތުރުކޮށްފައިވެ އެވެ. އެއީ ހެނދުނު 8:00 އިން ފަތިހު 4:00 އަށެވެ.

ހިތަދޫ ފިޔަވައި އެހެން ހުރިހާ އަވަށްތަކުގެ ކާފިއު މިއަދު އުވައިލި ނަމަވެސް މިދިޔަ މަހުގެ 1 އިން ފެށިގެން މުޅި އައްޑޫ އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. އަދި ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އޭގެ ތެރޭގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމާއި އެއް އަވަށުން އަނެއް އަވަހަށް ހުއްދަ ހޯދައިގެން ނޫނީ ދަތުރުނުކުރުމާއި ކެފޭ/ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން ހުއްޓާލުން ހިމެނެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!