އެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓުން އައްޔަނުކޮށްފި

އެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓުން އައްޔަނުކޮށް އެޖެންޑުންނަށްވާން ބޭނުންވާ އިތުރު މީހުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެސްޓީއޯއިން ކޮންސްޓްރަކްޝަން އެޖެންޓުން އައްޔަން ކުރަން ބޭއްވި ރަސްމިއްޔާތުގައި ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކޮންސްޓްރަކްޝަން އެޖެންޓުކަން 22 މީހަކަށް ދީފައި ވެއެވެ.

އެ ކުންފުނިން އެޖެންޓުން ހޯދުމަށް ހުޅުވާލީ މާޗް މަހުގަ އެވެ. އެޖެންޓްކަން ދީފައިވަނީ އެ ފުރުސަތުގައި އެކަމަށް ޝައުގުވެރިކަން ފާޅުކުރި މީހުންގެ ތެރެއިން ޝަރުތުހަމަވި މީހުންނަށެވެ.

އެ ކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރަނގަޅު ނަފާއެއް ލިބުން މަގުފަހި ވެގެން ދާނެ ކަމަށް އެސްޓީއޯ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރު މުހައްދު އީމާން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު އަތްފޯރާ އަގުތަކެއްގައި ހުސްނުވެ ލިބޭނެކަން ޔަގީން ކުރެވޭނެ ކަމަށެވެ.

“އެސްޓީއޯ އެޖެންޓުން އައްޔަނު ކުރާ މިމޮޑެލްއަކީ އިރާދަކުރެއްވިއްޔާ ވިޔަފާރީގައި އަޅުގަނޑުމެން މިހާތަނަށް ތަޖުރިބާކުރާ އެންމެ ކާމިޔާބު މޮޑެލްއަށް ވާނެ،” އޭނާ ވިދާޅުވިއެވެ.

އެސްޓީއޯއިން މާޗް މަހު ފުރުސަތު ހުޅުވާލީ ވަކިވަކި އަތޮޅުތަކަކަ ށެވެ. އެ ކުންފުނިންވަނީ އެޖެންޓަކަށްވުމަށް ބޭނުންވާ މީހުންނަށް ހުޅުވާލާ އާންމުކުރި އުސޫލުތަކަށް ފަހުން ވަނީ ބަދަލު ގެނެސްފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތް ކުރުމުގެ ސާމާނު ވިއްކަން ޝައުގުވެރިކަން ހުންނަ މީހުންނަށް އެފުރުސަތު އެސްޓީއޯއިން ހުޅުވާލި އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!